ads
ސިޓީކައުންސިލުން މިރޭ ބޭއްވި ހަފްލާގައި މޭޔަރު މުއިއްޒު ވާހަކަ ދައްކަވަނީ
މާލޭގެ ރައްޔިތުންނަށް ދިމާވެފައި އޮތް ގެދޮރުގެ މައްސަލަ ހައްލު ކުރެވޭނެ: މޭޔަރު
މާލޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ގެދޮރުގެ މައްސަލަ ހައްލުވުން ކަމަށާއި އެކަން ހައްލު ކުރެވޭނެ ގޮތް އެބަ އޮތްކަމަށް މާލޭ ސިޓީ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ހިނގަމުންދާ ދައުރަށް ހަ މަސް ފުރުން ފާހަގަކޮށް ބޭއްވި ހަފްލާގައި ޑރ މުއިއްޒު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިކަން ހައްލު ކުރެވޭނެ ވަރުގެ ބިމުގެ ޖާގަ އެބަ އޮތް ކަމަށެވެ. 

އަދި ގުޅީފަޅުގައި ސަރުކާރުން ހަދަން ގަސްތުކުރާ ޕޯޓު ހެދުމަށްފަހުވެސް ހުޅުމާލޭ ފުރަތަމަ ފިޔަވަހި ވަރުގެ ޖާގައެއް އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ. އެވަރުގެ ޖާގައެއް އުފައްދަވައިފި ނަމަ ގުޅީފަޅުން އެކަނިވެސް މަދުވެގެން ތިރީސްހާސް މީހުނަށް ޖާގަ ދެވިދާނެ ކަމަށެވެ. 

"މިވާހަކަތައް އަޅުގަނޑުމެންވާނީ މިދައުރު ފެށުނުތާ ކުރީކޮޅު އަޅުގަނޑަށް ދެއްވި ފުރުސަތުގައި އެމަނިކުފާނަށް(ރައީސަށް) ދަންނަވައި، އަދި އެތައްފަހަރަކު ސިޓީން ދެންނެވިފަ. އެމަނިކުފާނު ތަކުރާރު ކޮށް ވިދާޅުވަނީ މާލޭގެ ރައްޔިތުންނަށް މިކަން ހައްލު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް" މުއިއްޒު ވިދާޅުވިއެވެ. 

މުއިއްޒު ވިދާޅުވީ ރައްޔިތުން އެދެނީ އެމައްސަލަ ހައްލު ކޮށްދެއްވުން ކަމަށާއި އެއަށްވުރެ ބޮޑު މައްސަލައެއް މާލޭގެ ރައްޔިތުންނަށް ނެތް ކަމަށެވެ.

އޭގެ އިތުރުން މުއިއްޒު ވިދާޅުވީ އެކަން ކުރުމަށްޓަކައި މާލެ ސިޓީކައުންސިލުން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި، އެދި އެކަމުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް