ads
ފާތުމަތު ފަރީލާ
ލަންކާއަށް ބަދަލުވީ ދަރިފުޅަށްޓަކައި، ރާއްޖޭގައި އުޅެން އުނދަގޫގޮތެއް ވެސް ހުރޭ: ފަރީލާ
ފިލްމީ ދާއިރާއިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ފާތިމަތު ފަރީލާ 2015 ވަނަ އަހަރުން ފެށިގެން ފެންނަނީ ފިލްމީދާއިރާ އާ ވަަރަށް ދުރުގައި އުޅޭތަނެވެ. އެއަށްފަހު ދެން އޭނާ ބަދަލުވީ ލަންކާއަށެވެ.

ފިލްމު ކުޅުމާއި ދުރުގައި އުޅޭ ސަބަބާއި ލަންކާއަށް ބަދަލުވި ސަބަބާއި ބެހޭގޮތުން ވާހަކަދައްކަމުން "އަވަސް"ގެ ޕްރޮގްރާމެއްގައި ފަރީލާ ބުނީ، ލަންކާއަށް ބަދަލުވި އެންމެ ބޮޑު ބޭނުމަކީ ދަރިފުޅަށް ކިޔަވައިދިނުމަށް ކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅެން ކުޑަކޮށް އުނދަގޫ ގޮތެއްވެސް ހުރުމާ އެކު ކަމަށް އޭނާ ބުންޏެވެ. 

" އެންމެ ބޮޑަށް ހަމަ ލަންކާއަށް ބަދަލުވީ ބޭބީއަށް ކިޔަވައިދޭން. އެއީ އަސްލު ވިސްނުމަކީ. އަނެއްހެން ބުނާ ނަމަ ރާއްޖޭގައި އަޅުގަނޑުމެން ދިރިއުޅުމުގައި ވެސް ހުރޭ ކަންނޭނގެ އުނދަގޫ ގޮތެއް. އެހެންވީމަ އާއިވެސް އެކުގައި އަސްލު ބަދަލުވީ،" ފަރީ ބުންޏެވެ.

ފަރީ ބުނީ ކޮވިޑާއި ގުޅިގެން ރާއްޖެ ކުޑަކުޑަ ދުވަސްކޮޅަކަށް އައިސް ހުރިއިރުވެސް ފިލްމީ ހުަށަހެޅުންތައް ލިބެމުން އައި ކަމަށާއި، ނަމަވެސް އެ ހުށަހެޅުންތަކަށް އާއެކޭ ބުނެވެންނެތީ ރާއްޖޭގައި އެހާ ގިނަ ދުވަހު ނޫޅޭނެތީ ވަގުތު ނުދެވޭނެތީ ކަމަށެވެ. އަދި ލަންކާއިން ޝޫޓު ކުރުމުގެ ކަންކަން ކުރިއަށް ގެންދާގޮތަށްވެސް ހުށަހެޅުންތައް އަންނަަކަން ފާހަގަކުރަމުން އޭނާ ބުނީ އެކަމަކު ވެސް އެވަގުތު ދެވޭނެ ކަމަށް ހީނުވާތީ ހުށަހެޅުންތަކަށް އާ ބަސް ބުނަން ބޭނުން ނުވަނީ ކަމަށެވެ. 

ނަމަވެސް އެއްކޮށް ފިލްމީ ދާއިރާ އާއި ދުރަށް އޭނާ ނުދާކަމަށް ވެސް ބުންޏެވެ. ފިލްމީ ދާއިރާ އާއި އެންމެ ފުރަތަމަ ދުރުގައި ހުންނަން ފެށީ ދަރިފުޅު ލިބުނު ހިސާބުންކަމަށާއި، އެންމެ ފަހުން ފިލްމީ ޝޫޓިންއެއްގައި އުޅުނު ހަނދާންވަނީ 2015ގައި ކަމަށް އޭނާ ބުންޏެވެ. 

ފަރީ ލަންކާއަށް ބަދަލުވީ. 2016 ވަނަ އަހަރުއެވެ. ފަރީ ބުނީ ލަންކާގައި އުޅުނަސް އާއިލާ އާއި ބައެއް ރަށްޓެހިންވެސް ގޮސް އުޅޭތީ އެތަނުގެ ދިރިއުޅުން ވެސް އިހްސާސް ކުރެވެނީ ރާއްޖޭގައި ދިރިއުޅޭ ފަދައިން ކަމަށާއި، ލަންކާގައި މިހާރު އުޅޭ ދިރިއުޅުމަކީ ފަސޭހަ ހިތްހަމަޖެހޭ ދިިރިއުޅުމެއް ކަމަށެވެ. 

22%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް