ads
ކާނަލް ނާޒިމް
ރާއްޖޭގެ އިގްތިސާދީ ސަރަހައްދު މިހާރަށްވުރެން ރަނގަޅަށް ބަލަހައްޓަންޖެހޭ: ނާޒީމް
ރާއްޖޭގެ އިގްތިސާދީ ސަރަހައްދު މިހާރަށް ވުރެން ހަރުދަނާކޮށް ރަނގަޅަށް ބަލަހައްޓަންޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އިންޑިއާ މަސްވެރިން ރާއްޖޭގެ ސަރަހައްދުން ދާ ޖަހައިގެން މަސްނަގަން ފަށައި މިދިޔަ ހަފްތާ އެމައްސަލަ ރިޕޯޓު ކުރުމުން އެކަމަށް ހައްލެއް ލިބިފައިނުވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ނާޒިމްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު މިހާރަށް ވުރެން ބޮޑަށް މޮނިޓާ ކުރަން ޖެހޭ ކަމަށާއި ދިވެހި ކަނޑުތަކަށް ވަންނަ ބޭރުގެ މަސްބޯޓުތައް މިހާރަށްވުރެ ފުރިހަމައަށް މޮނިޓާ ކުރެވެން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ދިވެހި މަސްވެރިންގެ ޝަކުވާތަކަށް ކަމާބެހޭ ވުޒާރާތަކުން މިހާރަށް ވުރެން ބޮޑަަށް އިޖާބަދޭން ޖެހޭ ކަމަށް ވެސް ނާޒީމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

your imageއިންޑިއާގެ މަސްބޯޓު ދާޖަހައިގެން މަސް ނަގަނީ

އިންޑިއާ މަސްވެރިން ރާއްޖޭގެ ސަރަހައްދުން ދާ ޖަހައިގެން މަސްނަގަން ފަށައިފި ކަމަށާއި، މިދިޔަ ހަފްތާ އެމައްސަލަ ރިޕޯޓު ކުރުމުން އެމްއެންޑީއެފް އިން އަޅާނުލި ކަމަށް ހއ. އިހަވަންދޫ ކައުންސިލުން  ބުނެފައިވާއިރު އެމްއެންޑީއެފުން ބުނީ އެބޯޓުގެ މައްސަލަގައި އެމްއެންޑީއެފް އަށް މައުލޫމާތު ލިބުމުން ކޯސްޓުގާޑް ފޮނުވި ކަމަށާއި، ފަހުން އޭގެ ހަބަރު ލިބިފައި ނުވާކަމަށެވެ.

އަދި މިހާރު ދެކެވެމުން ދަނީ އެކިފަހަރު މަތިން އައިސްފައިވާ ބޯޓުތަކެއްގެ ވާހަކަ ކަމަށާއި، އެހެންކަމުން އެދެކެވެނީ ކޮން ބޯޓެއްގެ ވާހަކައެއް ކަމެއް ނޭނގޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މަސްވެރިކަމުން އާމްދަނީ ހޯދާ ރަށެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އިހަވަންދޫ ކައުންސިލުން ބުނީ މިދިޔަ ހަފްތާގައި އެރަށުގެ މަސްވެރިންތަކަކަށް ދެ މަސްބޯޓެއް ދާ ޖަހައިގެން މަސްވެރިކަން ކުރަމުން ދިޔަތަން ފެނިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަސްބޯޓުތަކާ ކައިރި ކުރަން ނުކެރުނީ ބޯޓުގައި ހަތިޔާރު ހުރެދާނެ ކަމަށް ބަލާފައި ކަމަށް މަސްވެރިން ބުނެފައިވާ ކަމަށެވެ.  

އެދުވަހު އެތާ ތިބެގެން އެމްއެންޑީއެފް އަށް ގުޅައި މައުލޫމާތު ދީފައިވާނެ ކަމަށާއި މިހާރު ފިޝަރީޒް މިނިސްޓްރީއަށް މިއަދު އެކަމާބެހޭ މައުލޫމާތުތައް ފޮނުވާފައިވާނެ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް