
ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ އިރާދަންކޮޅު 19:00 އާއި 19:15 އާ ދޭތެރޭ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެގޭ ވެރި މީހާ މަސް ކައްކަން އުނދުމަށް ފަހު ނަމާދު ކޮށްލަން ކޮޓަރިއަށް ދިޔަ ވާހަކަ ބުނި ކަމަށާއި ދަރު ބަދިގޭގައި އެވަގުތު ގިނަ އަދަދަކަށް ދަރުވެސް ހުންނާނެ ކަމަށް މައުލޫމާތު ދިން ކަމަށެވެ.
“ވަރަށް ގިނަ ދަރު ހުންނާނެ އެ ބަދިގޭގައި،" އޭނާ ވިދާޅުވިއެވެ.
ޝައްމޫން އިތުރަށް ވިދާޅުވީ އެ ބަދިގޭގައި އެއްކޮށް ހުޅު ހިފާ އަނދާ ހުލިވެފައިވާ ކަމަށާއި އެ ބަދިގެ އާއި އިންވެގެން ހުރި ކޮޓަރީގެ ފާރަށާއި ޖެހިގެން ހުންނަ ގޭ ފާރަށް ވެސް ގެއްލުމުގެ އަސަރު ފޯރާފައިވާ ކަމަށެވެ.
"ބަދިގެ އާ އިންވެގެން ހުރި ބައެއް ފާރުތަކަށް ބޮޑަށް ގެއްލުން ވެފަ ހުރީ," ޝައްމޫން ވިދާޅުވިއެވެ.
ޝައްމޫން އިތުރަށް ވިދާޅުވީ، އެ ފާރުތައް ތަޅާލުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށާއި އަނދާ ހުލި ވި ސަރަހައްދު ސާފުކޮށްދިނުމަށް ކައުންސިލްގެ ބޭފުޅުން މިއަދު އެތަނަށް ދުރުވާނެ ކަމަށެވެ.
މާފަހި ގޭ ތެރޭގައި ހިފާ ގެންގުޅޭ އެއްވެސް ސާމާނަކަށް ގެއްލުމެއް ވެފައި ނުވަ ކަމަށާއި ފެން ތާންގީ އެއްކޮށް އެނދުމުން ވަގުތުން ވަގުތަށް ކައުންސިލްގެ އެހީގައި އެގެއަށް މިނަރަލް ވޯޓާ ފޯރުކޮށްދީފައިވާނެ ކަމަށް އޭނާ މައުލޫމާތު ދެއްވި އެވެ.
އޭގެ އިތުރުން ރޭ ހިނގާ ދިޔަ ހާދިސާގެ ސަބަބުން ކަރަންޓު ޝޯޓެއް ވެދާނެތީ ކަރަންޓުގެ ރައްކާތެރިކަން ވެސް ފޯރުކޮށްދެވުނު ކަމަށް ޝައްމޫން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާފަހި ގެޔަށް ކައުންސިލްގެ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.