ads
އާ ޓާމިނަލް ހުޅުވަން ފެށި ކައުންޓް ޑައުން
އާ ޓާމިނަލް ހުޅުވަން ދުވަސް ގުނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ ހުޅުވަން ދުވަސް ގުނަން ފަށައިފިއެވެ.
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ އެއްބައި އަންނަ މިއަަހަރުގެ މިނިވަން ދުވަހާއި ގުޅުވާ ޖުލައި 26 ވަނދުވަހު ހުޅުވަން ވަނީ ނިންމާފައެވެ. 

އެމްއޭސީއެލުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖަރު ޓާމިނަލް ބޮޑުކޮށް ހުޅުވުމުގެ ކައުންޓްޑައުން ރޭ ރަސްމީކޮށް ފަށާފައިވާކަމަށެވެ. މި ކައުންޓްޑައުން ފައްޓަވާދެއްވީ އެ ކުފުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފެވެ. އެމްއޢެސީއެލުން ބުނީ އާ ޓާމިނަލަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދަށް އާ ޒަމާނެއް ފެށުންކަމަށާއި އެއީ ގައުމީ ކާމިޔާބީއެއްކަމަށެވެ. 

your imageވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް 

އާ ޓާމިނަލް ބޭނުން ކުރާނީ އެ ޓާމިނަލާ އެކު، ބަހައްޓާ ހަ އެއިރޯބްރިޖާ އެކު ކަމަށް އެމްއޭސީއެލުން ވަނީ ކުރިން ބުނެފައެވެ. އަދި ޓާމިނަލް ހުޅުވުމަށް ފަހު، ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ހިދުމަތެއް އާ ޓާމިނަލަށް ބަދަލުކޮށް ނިންމާނެކަމަށްވެސް ވަނީ ބުނެފައެވެ. 

your imageއެއާޕޯޓްގައި ހަދާ އައު ޓާމިނަލްގެ އޭރޯ ބްރިޖްތައް ހަރުކުރުމުގެ ތެރެއިން 

އިންޓަނޭޝަލަން އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތައް ނިންމުމަށް ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރު (261.8 މިލިއަން ރުފިޔާ) ލޯނެއް ދިނުމުގެ އެއްބަަސްވުމުގައި މިދިޔަ އޭޕްރިލްމަހުގެ 14 ވަނދުވަހު ވަނީ ސޮއިކޮށްފައެވެ. އެ ލޯނަކީ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ދޭ ދެވަނަ ލޯނެވެ. އެގޮތުން މީގެ ކުރިންވެސް އެއާޕޯޓްގެ މަސައްކަތަށް ސައުދީ ފަންޑުން ވަނީ   200 މިލިއަން ޑޮލަރުގެ ލޯނު ދީފައެވެ. 

ވެލާނާ އެއާޕޯޓް މަސައްކަތް ނިންމަން ސައުދީގެ އިތުރުންވެސް ބައެއް ގައުމުތަކުން ވަނީ ލޯނު ދީފައެވެ. 

  • އަބޫ ދާބީ ފަންޑުން 90 މިލިއަން ޑޮލަރު
  • އޯޕެކް ފަންޑުން  50 މިލިއަން ޑޮލަރު
  • ކުވޭތު ފަންޑު: 50 މިލިއަން ޑޮލަރު
  • ޗައިނާ އެގްޒިމް ބޭންކުން  373.9 މިލިއަން ޑޮލަރު

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް ހަވާލުވީ ސައުދީ ބިންލާދިން ގްރޫޕުންނެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 2016 ވަނަ އަހަރުއެވެ.

your imageއާ ޓާމިނަލް ހުޅުވަން ކައުންޓް ޑައުން ފެށުމުގެ ތެރެއިން 

ސައުދީ ބިންލާދިން ގްރޫޕުން އެއާޕޯޓް ޓާމިނަލްގެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއަުގެ އަގަކީ 350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް