ads
ހުވާ 2 ގެ ޓީޒާ އާންމުކޮށްފި
ބައިސްކޯފުން ދައްކާ މަޝްހޫރު ވެބް ސީރީޒް ކަމަށްވާ "ހުވާ" ގެ ދެވަނަ ސީޒަންގެ ޓީޒާ އާންމުކޮށްފި އެވެ.
Advertisement

ފާތިމަތު ނަހުލާ (ނަހޫ) އާއި މުހައްމަދު ފައިސަލް ޑައިރެކްޓްކޮށް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދައްކަންފެށި ވެބް ސީރީޒް "ހުވާ"ގެ ފުރަތަމަ ސީޒަން ނިންމާލާފައިވަނީ މިދިޔަ އަހަރެވެ. ސީރީޒްގެ ދެވަނަ ސީޒަން ނެރުމަށް މިހާރު ތައްޔާރުވަމުން އަންނައިރު ހުވާގެ ދެވަނަ ސީޒަންގެ ޓީޒާ ވަނީ މިހާރު ދައްކާލާފައެވެ.

ހުވާގެ ފުރަތަމަ ސީޒަން ފަދައިން ދެވަނަ ސީޒަނުގައި ވެސް ފެނިގެންދާ މައިގަނޑު ތަރިންގެ ތެރޭގައި މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބާއި މުހައްމަދު ފައިސަލާއި އަލީ އާޒިމް (ދޮން އައްޔަ) އާއި އަހުމަދު އީސަ (އާނަންދު) އާއި އިބްރާހީމް ޖިހާދު (ޖިމީ) އާއި ރިޝްފާ އާއި އިރުފާނާ އިބްރާހީމާއި އާރިފާ އިބްރާހީމާއި ރޯނު ހަސަން މަނިކު ހިމެނެއެވެ.

ސީޒަންގެ ދެވަނަ ބައިގައި ބައެއް ކެރެކްޓަރުންގެ ބަދަލުވެފައިވާއިރު ފުރަތަމަ ބައިން ފެނުނު ރަވީ ފާރޫގުގެ ބަދަލުގައި ދެވަނަ ސީޒަރުގައި އެރޯލުން ފެނިގެންދަނީ އަބްދުﷲ މުއާޒް (މުއާ) އެވެ. ދެވަނަ ސީޒަނުގައި އާ ކެރެކްޓާތަކެއް ވެސް ތައާރަފުެގެންދިޔައިރު އޭގެ ތެރޭގައި އަހުމަދު އަޒްމީލް (އަޒޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) ފެނިގެންދާނެއެވެ.

"ހުވާ" ސީޒަން ދޭއްގައި 70 ވަރަކަށް އެޕިސޯޑް ހިމެނޭނެއިރު ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 20 މިނިޓެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް