ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައީސް ޔާމީން ނޮވެމްބަރު 30 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ޝަރީއަތުގައި--
ރައީސް ޔާމީން އަށް ކުރި ހުކުމް ބާތިލްކޮށްފި
ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާކުރި ކަމުގެ ކުށުގައި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
Advertisement

ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ހިމެނޭ ސުޕްރީމް ކޯޓުގެ އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރައުޔުގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން މައްސަލާގައި ހުކުމް އިއްވި އިރު ތިން މަރުހަލާގައި ވެސް ކުށް ސާބިތުވާކަމަށް ނިންމި ފަހުން، ކުށް ސާބިތުވުމުގައި ވާހަކަދެކެވުނު އެއް މިލިއަން ޑޮލަރަކީ ގާނޫނީ ގޮތުން ސައްހަ ޔާމީން އަށް ލިބުން ހައްގު ފައިސާއެއް ކަން އެނގިގޮން ގޮސްފައިވާ ކަމަށެވެ. 

ފަނޑިޔާރު މަހާޒު އަލީ ޒާހިރު އިތުރަށް ވިދާޅުވީ ރައީސް ޔާމީން އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކޮންގޮތަކުން ޖަމާވި ފައިސާއެއް ކަން ކަށަވަރެއް ނުވާކަމަށާއި، އެ ފައިސާ ޖަމާވެފައިވަނީ އެސްއޯއެފްކިޔާ ކުންފުންޏަކުން ކަމަށެވެ. އެ މައްސަލައިގައި ކުރެވުނު ތަހުގީގުގައި އެ ކުންފުންޏާއި ގުޅޭ ތަހުގީގެއް އެދެވޭ ގޮތުގައި ކޮށްފައިވާކަމުގައި ނުބެލެވޭ ކަމަށެވެ. އޭގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ އެސްއޯއެފް ކުންފުންޏަކީ އެމްއެމްޕީއާރުސީގެ މައްސަލައިގައި މަނީ ލޯންޑާ ކުރުމަށް ބޭނުންކުރި "އެންމެ ވަރުހުރި އާލާތް" ކަމަށް ދައުލަތުން ބުނުމަށް ފަހު، އެ ކުންފުނީގެ އިސްފަރާތްތަކަށް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ބުނުމުން ހައިރާންވާ ކަމަށެވެ. 

"އަހުރެން ހައިރާންވީ އެސްއޯއެފް ކުންފުންޏަކީ އެމްއެމްޕީއާރުސީ މައްސަލައިގައި މަނީ ލޯންޑާ ކުރުމަށް ބޭނުންކުރި އެންމެ ވަރުހުރި އާލާތްކަމަށް ދައުލަތުން ތަކުރާރުކޮށް ބުނުމަށް ފަހު އެ ކުންފުނީގެ އިސް ފަރާތްތަކަށް ދައުވާވެސް ނުކުރުމަށް ނިންމާފައިވާކަން ބުނުމުން. މީގެ އިތުރަށް މި ފައިސާ ޖަމާކުރުމުގެ މުއާމަލާތާ ގުޅިގެން ފައިސާ ޖަމާކުރުމުގައި ހަރަކާތްތެރިވި ދެ މީހުންގެ ހެކިބަސް ކްރިމިނަލް ކޯޓުން ނަގާފައިނުވުމަކީ މި މައްސަލައިގައި ލިބިފައިވާ ހެކި ބަލިކަށިވެދާނެ ހާލަތެއް ކަމުގައި ބަލައި އެ ހެކިންގެ ހެކިބަސް އެ ކޯޓުން ނަގައި، މައްސަލަ ނިމުމުގެ ކުރިން އެ ހެކިންގެ ހެކިބަހަށް އެ ކޯޓުން ބުރަދަނެއް ހޯދަން ދައުލަތުން މަސައްކަތްކޮށްފައެއް ނުވޭ." ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވި އެވެ.

އެސްއޯއެފް ކުންފުންޏަކީ ރައީސް ޔާމީން ދަންނަ ކުންފުންޏެއް ނޫންކަމަށް ވިދާޅުވެފައި އޮތް ނަމަވެސް އެ ކުންފުނިން ޖަމާކުރި ފައިސާ ހިމަނައިގެން އެމަނިކުފާނު ވަނީ އިންވެސްޓްކޮށްފަކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އިންވެސްޓްކޮށްފައިވަނީ އަދީބު ދިން ފައިސާއެއް ކަމަށް ގަބޫލްކޮށްގެން ކަމަށް ޔާމީން ބުނި ނަމަވެސް އެއީ އެ ފައިސާއިން ކަންކުރަންޖެހޭ ގޮތް ނޫންކަމަށް ކޯޓުން ބުނެއެވެ. ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ އެ ފައިސާ ދައުލަތުގެ އިދާރާތަކުން ތަހުގީގު ކުރާ ކަން އެނގިހުރެ އެ ފައިސާއިން އިންވެސްޓް ކުރުމަކީ ތަހުގީގު އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން ކުރާ ތަހުގީގު ތަކަށާއި ބަލާބެލުންތަކަށް ފަރުވާލެއް ނުބަހައްޓާ، ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލް ޖުމްހޫރިއްޔާ ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއް ނެތި، ގާނޫނީ ވެރިކަން ކުރިއަށް  ނެރުމުގެ ބަދަލުގައި އަމިއްލަ މަންފާ އިސްކުރުމުގެ އަމަލެއް ގޮތުގައި ބެލެވޭ ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީން އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން އެމެރިކާ ޑޮލަރުގެ ހަގީގަތް ބެލުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އަދި އެ ބެލުންތަކުން އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމުގައިިވާނަމަ އެ ފައިސާ އާއި އެ ފައިސާ އިންވެސްޓް ކުރުމުން ލިބުނު ފައިދާ އާއި، އެ ފައިދާ ހިމެނޭނެހެން ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ދެކޭ ކަމަށާއި ނަމަވެސް އެ ފައިސާ ހޯދުމުގައި އިސްތިއުނާފު ކުރެވުނު މައްސަލައިގައި ކުށުގެ އަމަލާއި ގުޅިގެން ގާނޫނު އަސާސީގެ 60 ވަނަ މާއްދާއިން ރައީސް އަށް ލިބިގެންވާ ހައްގަށް އުނިކަން ލިބޭ ހައްގަށް އުނިކަމައެއް އައިސްގެން ނުވާނެ ކަމަށެވެ.

އެ މައްސަލާގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔަށް ބެންޗުގައި ދެން ހިމެނޭ ޑރ.އަޒްމިރަލްޑާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވަނީ ތާއީދުކޮށްފައެވެ. 

އެހެންކަމުން ސުޕްރީމް ކޯޓުން ވަނީ ރައީސް ޔާމީން މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށްފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް