ads
ދަރަވަންދޫ… ފޮޓޯ/ގޫގުލް
އިތުރު ދެ ރަަށާއެކު 15 ރަށް މޮނިޓަރިންއަށް!
މިއަދު މޮނިޓަރިންގެ ހާލަތަށް ގެނައި ދެ ރަށަކާއެކު ޖުމްލަ މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ އަދަދު 15 އަށް އަރައިފިއެވެ.

މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެވުނު ދެ ރަށަކީ އދ.މަހިބަދޫ އާއި ބ. ދަރަވަންދޫ އެވެ. މިއާއެކު މި މަހުގެ މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގެ އަދަދު ހަތަކަށް އެރީ އެވެ.

މިހާރު މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކަކީ ށ.ކޮމަންޑޫ، ނ.ވެލިދޫ، ރ.އިންނަމާދޫ، ރ.މަޑުއްވަރީ، މ.މުލި، ނ.މިލަދޫ، މ.ދިއްގަރު، މ.މުލަކުގެ އިތުރުން އައްޑޫ ސިޓީގެ ސ.ހިތަދޫ އާއި ސ.މަރަދޫ، ސ.މަރަދޫފޭދޫ ގެ އިތުރުން ސ.ފޭދޫ އަދި ސ. ހުޅުމީދޫ އެވެ.

މިހާރު މޮނިޓަރިންގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތީ އައްޑޫ ސިޓީގެ ފަސް ރަށެެވެ. އައްޑޫގައި ކޮވިޑް ފެތުރެން ފެށުމާއެކު މިިދިޔަ އޯގަސް މަހުގެ 28 ވަނަ ދުވަހު އެ ސިޓީ ވަނީ ލޮކްޑައުންވެސް ކޮށްފައެވެ.

އައްޑޫގެ ކޮވިޑްގެ ހާލަތު މިހާރުވެސް އަންނަނީ ގޯސް ވަމުންނެވެ. ދުވަހެއް ދުވަހަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދު ގިނަ ވަމުން އަންނަ އިރު މިވަގުތު ވެސް އެ ސިޓީގައި ޖުމްލަ 396 އެކްޓިވް ކޭސް ހުރިކަން ފާހަގަ ކޮށްލެވެއެވެ. އެ ސިޓީން މިހާތަނަށް 2،461 މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ.

އަތޮޅު ތެރޭގެ ހާލަތު މިދޔަ މަހު ތެރޭގައި އައި ނަމަވެސް މިހާރު އަނެއްކާވެސް އަންނަނީ އަދަދުތައް ކުޑަކޮށް މަދުވަމުންނެވެ. ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ފަރުވާ ކުޑަ ނުކޮށް މި ބަލިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އިލްތިމާސް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް