ads
ލަވައިގެ ޕޯސްޓަރެއް…
ސާރާގެ "ޗަކަ ޗަކް" އާންމުންނަށް ވަރަށް ކަމުދޭ!
މީގެ ދެ ދުވަސް ކުރިން އާންމު ކުރި ސާރާ އަކީ ހާން ފެނިގެންދާ ލަވަ "ޗަކް ޗަކް" ބެލުންތެރިންނަށް ވަރަށް ކަމުގޮސްފިއެވެ.

އެ ލަވަ އަކީ މި މަހުގެ 24 ވަނަ ދުވަހު ރިލީޒްކުރާ "އަތުރަންގީ ރޭ" ގެ ލަވަ އެއްކަން ފާހަގަކޮށްލެވެއެވެ.

"ޗަކް ޗަކް" ޔޫޓިއުބަށް ދޫކޮށްލުމާއެކު މިހާތަނަށް 19 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އެ ލަވަ ބަލާފައެވެ.

ސާރާ އޭނާގެ ފޭނުންނާއެކު އެ ލަވައިގެ ކަޑިތަކަށް ނަށާފައިވާ ވީޑިއޯ ތަކެއް ވެސް އޭނާ ވަނީ އިންސްޓަގްރާމް ސްޓޯރީއަށް ދޫކޮށްލާފައެވެ.

ޝްރެޔާގެ ގޯޝާލްގެ ހިތްގައިމު އަޑުން ކިޔައިދީފައިވާ މި ލަވައިގައި ސާރާގެ ފަރި ހަރަކާތްތަކެއް ފެނިގެންދާއިރު، ލަވައިގެ ނެށުންތައް ތައްޔާރު ކޮށްދީފައިވަނީ ފަހުގެ ގިނަ ފިލްމުތަކަށް ނެށުންތައް ތައްޔާރުކޮށްދޭ ވިޖޭ ގަންގޫލީ އެވެ.

އޭ. އާރް ރަހްމާންގެ މިއުޒިކަށް އިރުޝާދު ކަމިލް ލަވައިގެ ޅެން ހަދައިދީފައިވާއިރު ސާރާ އާއެކު މި ލަވައިން ފިލްމުގެ ލީޑުން ފެނިގެންދާ ދަނޫޝް ވެސް ފެނެއެވެ. 

އާނަންދު އެލް ރާއީ ހަދާ އެފިލްމުން އަކްޝޭ ކުމާރުވެސް ލީޑު ރޯލުން ފެނިގެންދާނެ ކަން ފާހަގަކޮށްލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް