ads
މާލޭގައި މީގެކުރިން ބޭއްވި ނައިޓް މާކެޓެއްގެ ތެރެއިން
މާލޭގައި ބާއްވާ އެންމެ ބޮޑު ނައިޓްމާކެޓް މިމަހު 26 ގައި ބާއްވަނީ
މާލޭގައި ބާއްވާ އެންމެ ބޮޑު ނައިޓް މާކެޓް މި މަހުގެ 26 ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.
Advertisement

މި ނައިޓް މާކެޓް ބާއްވާނީ މި މަހުގެ 26 އިން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ރަސްފަންނު ސަރަހައްދުގަ އެވެ.

އެންމެ ބޮޑުކޮށް ބާއްވަން ނިންމާފައިވާ ނައިޓް މާކެޓް މި އަހަރު އޯގަނައިޒްކޮށް އިވެންޓް ކުރަނީ ޕްރިޒަމް ހޯލްޑިންގް އިންނެވެ.

އެ ނައިޓު މާކެޓްގެ ވާހަކަ ސީއެންއެމް އަށް ހިއްސާ ކުރަމުން އެ ކުންފުނީގެ މެނޭޖިން ޕާޓްނާ ހުސައިން ފަޔާޒް ވިދާޅުވީ، މި އަހަރުގެ ނައިޓް މާކެޓް އެހެން އަހަރުތަކުގެ ނައިޓް މާކެޓާއި މުޅިން ތަފާތުކޮށް ބާއްވަން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

އިތުރަށް ވިދާޅުވީ، ވަކި ވަކި ވިޔާފަރިތަކަށް މޭޒު ބެހެއްޓޭ ގޮތަށް ޕްލޭން ކޮށްފައިވާ ކަމަށާއި ޖުމްލަ 250 މޭޒު މި ފަހަރުގެ މާކެޓްގައި ހުންނާނެ ކަމަށެވެ

"ފުޑް ސްޓޯލްތަކަށް ވަކިން މޭޒު ބެއްޓޭނެ، އެހެނިހެން ކަހަލަ ވިޔަފާރިތަކަށް ވެސް ވަކި ބެހެއްޓޭނެ" އޭނާ ވިދާޅުވިއެވެ.

މި ފަހަރުގެ ނައިޓް މާކެޓްގައި މޭޒު ބަހައްޓަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ.

އެގޮތުން އެކަމަށް އެދި ހުށަހަޅާ ފޯމު ޕްރިޒަމް ހޯލްޑިންގްގެ ވެބްސައިޓުންނާއި އޮފީހުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން  ހޮޓްލައިން ނަމްބަރު 9966828 އަށް ގުޅައިގެންވެސް މައުލޫމާތު ސާފު ކޮށް އެޕްލިކޭޝަން  އީމެއިލް މެދުވެރިކޮށާއި އަދި ވަޓްސްއެޕް ނުވަތަ ވައިބާ މެދުވެރިކޮށް  ވެސް ފޮނުވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް