ads
އެމްޑީޕީ ޕްރައިމަރީއެއްގެ ތެރެއިން: ފޮޓޯ އަވަސް
ސައްހަ ވޯޓުގެ ގޮތުގައި ބެލެވޭނީ ކަނޑައަޅާފައިވާ ގޮނޑީގެ އަދަދަށް ފާހަގަޖަހާފައިވާނަމަ: އެމްޑީޕީ
ސައްހަ ވޯޓުގެ ގޮތުގައި ބެލެވޭނީ ކަނޑައަޅާފައިވާ ގޮނޑީގެ އަދަދަށް ފާހަގަޖަހާފައިވާނަމަކަމަށް އެމްޑީޕީން ބުނެފިއެވެ.

މި ހިނގާ ޖެނުއަރީ މަހުގެ 31 ވާ ހުކުރު ދުވަހު އޮންނަ ކައުންސިލް އިންތިހާބުގެ މިޕާޓީީ ޕްރައިމެރީގައި4 ބާވަތެއްގެ ވޯޓުލުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. 


(ހ) ސިޓީތަކުގެ މޭޔަރުން، ރަށު ކައުންސިލްތަކުގެ ރައީސުން
(ށ) އަތޮޅު ކައުންސިލްތަކުގެ ރައީސުން
(ނ) ކައުންސިލްތަކުގެ މެންބަރުން
(ރ) ކައުންސިލްތަކުގައި އަންހެން ކެންޑިޑޭޓުންނަށް ޚާއްސަކުރެވިފައިވާ ގޮނޑިތައް.


މި މަގާމުތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ވޯޓުލުމުގައި، މިއިން ކޮންމެ މަގާމަކަށް ގޮނޑި ކަނޑައެޅިފައިވާ އަދަދަށް ވޯޓުލާންވާނެެއެވެ.

ސައްޙަ ވޯޓުގެ ގޮތުގައި ބެލެވޭނީ ކަނޑައަޅާފައިވާ ގޮނޑީގެ އަދަދަށް ✔ ފާހަގަޖަހާފައިވާ ވޯޓުކަރުދާހެކެވެ. ގޮނޑި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ނުވަތަ އެދަދަށްވުރެ މަދުން ފާހަގަ ޖަހާފައިވާ ވޯޓުކަރުދާސް ބެލެވޭނީ ބާތިލް ވޯޓު ކަރުދާހުގެ ގޮތުގައިކަމަށް ވެސް އެމްޑީޕީން ބުނެއެވެ. 

ލޯކަލް ކައުންސިލް އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ  ގެ ޓިކެޓްގައި ވާދަކުރާނެ ފަރާތްތަށް ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި 1228 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގެ ފައިނަލް ލިސްޓް އާއްމުކޮށްފައިވާއިރު، އެމްޑީޕީގެ ޓިކެޓް ހޯދުމަށް އެންމެ ގިނަ ކެންޑިޑޭޓުން ފޯމް ހުށަހަޅާފައިވަނީ ރަށު ކައުންސިލަށެވެ.

ރަށު ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް 1067 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ.

ސިޓީ ކައުންސިލްތަކައް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް 108 ފަރާތަކުން ފޯމް ހުށަހަޅާފައިވާއިރު، އަތޮޅު ކައުންސިލަށް 53 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ.

މި ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީތަކުގެ މޭޔަރުން އިންތިޚާބު ކުރެވިގެންދާނީ ރައްޔިތުންގެ ވޯޓަކުންނެވެ.

ސިޓީތަކުގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް ގިނަ ފަރާތްތަކުން ވަނީ ކުރިމަތިލައްވާފައެވެ. އެގޮތުން މާލޭގެ މޭޔަރު ކަމަށް ހަތް ބޭފުޅަކާއި، އައްޑޫ ސިޓީގެ މޭޔަރު ކަމަށް ތިން ބޭފުޅަކު އަދި ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ހަތަރު ބޭފުޅަކު ވާދަ ކުރައްވައެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.

ލޯކަލް އިންތިޚާބުގެ ކެމްޕޭން އެމްޑީޕީން ފަށާފައިވަނީ އުތުރުގެ އެންމެ ބޮޑު ދެ އަތޮޅުންނެވެ. އެ ގޮތުން އުުތުރުގެ ރަށްތަކުގައި ދޮރުން ދޮރަށް ހިގުމާއި، ކަންމަތީ ބައްދަލުވުންތައް ވަނީ ފަށާފައެވެ. ކެމްޕެއިންގެ މި ހަރަކާތްތަކުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް