
އެގޮތުން އީސްޓް އެފްރިކާގެ ގައުމެއް ކަމަށްވާ ތަންޒާނިޔާގެ 26 އަހަރުގެ ޒުވާން ފިރިހެނެއްގެ ލިޕްސިންގް ވީޑިއޯތަށް ދަނީ ވައިރަލް ވަމުންނެވެ. މި ޒުވާނާގެ ގިނަ ޓިކްޓޮކް ތަކުން ފެނިގެންދަނީ އޭނާގެ ކޮއްކޮ އާއި އެކުގައެވެ. ކިލީގެ ލިޕްސިންގް ގެ ތައުރީފްވަނީ ސިދާތު މަލޯތްރާ އަދި ކިއާރާ އަޑްވާނީވެސް ކޮށްފައެވެ. އިންސްޓަގްރާމް ސްޓޯރީއަށް ޕޯސްޓްކޮށްފައި މި ތަރިއަށްވަނީ ޝައުޓްއައުޓްއެއް ދީފައެވެ.
ބޮލީވުޑްގެ ތަރިންގެ ލިޕްސިންގް އާއި ކިލީގެ ލިޕްސިންގެ ތަފާތެއް ނެތެވެ. ކިލީގެ މޫނުމަތިން ވެސް އެކަމަށް އޮންނަ ޝައުގުވެރިކަން ހާމަ ވެގެން ދެއެވެ. ލަވަތަކުގައި ބޮލީވުޑް އެކްޓަރުންގެ އެކްޓްތައްވެސް އަދި މޫނު މަތީގެ ކުލަވަރުވެސް ކިލީގެ މޫނުމަތިން ފެނެއެވެ. ބޮލީވުޑްގެ "ކިންގް ހާން" ޝާހް ރުކް ހާން ގެ ލަވަތަށްވެސްވަނީ ލިޕްސިންގް ކޮށްފައެވެ.
"Kili164" ގެ ނަމުން ހަދާފައިިވާ ވެރިފައިޑް ޓިކްޓޮކް އެކައުންޓްގައި 1.6 މިލިއަން ފޮލޯވާސް އަދި 23.3 މިލިއަން ލައިކްސް ވަނީ ލިބިފައެވެ.
ބޮލީވުޑްގެ ލަވަތަކުގެ އިތުރުން އިނގިރޭސި ލަވަތަކުގެ ލިޕްސިންގް ވެސް އެހާމެ ފުރިހަމައެވެ.
ލަވަތަކުގެ އިތުރުން ނެށުމުގެ ހުނަރުންވެސް ބެވެލުންތެރިން އާޝޯހުކޮށްލާވަރުވެއެވެ. 6 ފޫޓު 3 އިންޗި ހުންނަ މި ޒުވާނާއަކީ ހުނަރުތަކުން ފުރިގެންވާ ޒުވާނެކެވެ.