ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ފިރިހެނަކާއި، 35 އަހަރުގެ އަންހެނެއް ކަމަށެވެ.
ހައްޔަރުކުރި އަންހެން 35 އަހަރުގެ އަންހެން މީއާއަކީ އެ ކުއްޖާގެ މަންމައެވެ. މަންމަ ހައްޔަރު ކުރީ ދަރިފުޅާމެދު އިހުމާލު ވެފައިވާތީއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ފިރިހެން މީހާއަކީ މީގެ ކުރިން ވެސް ކުޑަ ކުއްޖާއާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ރެކޯޑު އޮންނަ މީހެއްކަމަށެވެ.
ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހު 19 ވަނަ ދުވަހުއެވެ.