ގިނަ ތަރިންތައް މި ސީޒަންގައި ކައިވެނިކުރަން ހަމަޖެހިފައިވާއިރު ސާރާ ވަނީ ކައިވެންޏާމެދު އޭނާގެ ހިޔާލު ހިއްސާކޮށްފައެެވެ.
ސާރާ ބުނީ އޭނާ އިންނާނެ މީހާ ވާން ޖެހޭނީ އޭނާގެ މަންމަ ކުރީގެ މަޝްހޫރު ފިލުމީ ތަރި އަމްރިތާ ސިންގް އާއެކު އެއް ގެއެއްގެ އުޅެވޭނެ މީހަކަށް ކަމަށެވެ. އޭނާ ބުނީ ކައިވެނިކުރި ނަމަވެސް ދުވަހަކުވެސް މަންމަ ދޫކޮށްލަން ބޭނުންނުވާ ކަމަށެވެ.
ބައްޕަ ސައިފް އަލީ ހާން އާއި ވަކިވުމުން، މަންމަ ދެ ދަރިން ބޮޑު ކުރީ އެތައް އުނދަގުލާއެކު އެކަނިކަމަށް ސާރާ ބުންޏެވެ. އެހެންކަމުން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަންމަ އެކީގައި ހުންނާނެ ކަމަށް ސާރާ ބުނެއެވެ.
ސާރާ ބުނީ އޭނާގެ އެ ޝަރުތު ގަބޫލް މީހެއް ނަމަ މިހާރުވެސް ކައިވެނި ތައްޔާރަށް ހުރި ކަމަށެވެ.
ސާރާ އަކީ ގިނަ ވަގުތު މަންމަ އާއެކު ހޭދަކުރާ ތަރިއެކެވެ. އެގޮތުން ރާއްޖެއަށް ޗުއްޓީއަށް އަންނަ ކޮންމެ ފަހަރަކުވެސް ސާރާ އަންނަނީ މަންމަ އަމްރިތާ ސިންގް އާ އެކީ ކަން ފާހަގަކޮށްލެވެއެވެ.