ads
ފޮޓ/ ސޯޝަލް މީޑިއާ
އޮމިކްރޯން ވޭރިއެންޓް ފެެތުރި ގައުމުތައް ހާސްކޮށްލަނީ
އެފްރިކާގެ ބައްރުން، ފެތުރަމުން އަންނަށް އޮމިކްރޯން ވޭރިއެންޓް ގައުމަކަށް ފަހު ގައުމެއް ފަހަނައަޅަ އެބަލީގެ ނުރައްކަލުގެ ތެރެއަށް ގިނަ ގައުމުތައް ވެއްޓިއްޖެ އެވެ.

އޮމިކްރޯން ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނީ، ކޮން އިރަކު ކޮންތާކުން ކަމެއް، ބުނަން ނޭނގުނު ނަމަވެސް، ދެކުނު އެފްރިކާގެ އެކިހިސާބުތަކުން މި ބަލި ފެނި، މިހާރުވަނީ އެކި ގައުމު ތަކުގައި، މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައެވެ. އޮމިކްރޯން ވޭރިއެންޓް ގައުމުތަކުގައި ފެތުރިގެންދާ މި ވަގުތު މިވޭރިއެންޓްގެ އަސްލު ހޯދުމަކީ ވެސް އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ސިއްހީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.

މި ވޭރިއެންޓް ފެތުރޭ ހަލުވިމިނަށް ބަލާއިރު، ކޭސްތަށް ދަނި މަތިވަމުންނެވެ. އޮކްޓޯބަރު މަސް ނިމުމާއި ނޮވެމްބަރު މަސް ފެށުނު އިރު މި ވައިރަސް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ދުނިޔޭގެ ހަތަރު ކޮންޓިނެއްގެ 30 ވަރަކަށް ގައުމުން ވަނީ ފެނިފައެވެ.

ވޭތުވެދިޔަ ދުވަސްތަކަށް ބަލާއިރު، ނޭނގި ތިއްބާ އޮމިކްރޯން ވޭރިއެންޓް ފެތުރިގެން ދިޔަ މިންވަރުން ގައުމުތައް ވަނީ ހާސްކަމުގެ ތެރެއަށް ވެއްޓިފަ އެވެ. އޮމިކްރޯން ވޭރިއެންޓްގެ ބިރު ވެރިކަން ގައުމުތަކަށް ފޯރަމުންދާ އިރު މިހާރުވަނީ އަވަށްޓެރި އިންޑިއާ އަށް ވެސް އެ އޮމިކްރޯން ވޭރިއެންޓް ފެތުރިފަ އެވެ. 

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އިންޑިއާއިން ވެސް، މި ބަލީގެެ ދެ ކޭސް ފެނިފައިވާ ކަމަށެވެ. އިންޑިއާއިން އޮމިކްރޯން ވޭރިއެންޓް ފެނުމަކީ ރާއްޖެ އަށް އޮތް ނުރައްކަލެކެވެ. ނަމަވެސް ރާއްޖެއިން  ކޮވިޑް 19 ގެ މި އާ ވޭރިއެންޓަށް ތައްޔާރު ވެފައިވާ މިންވަރު، ކުޑަކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަން ބޮޑުވުން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް