ކަރަން އާއި އެނާގެ ލޯބިވެރިޔާ އުދިތީ ސިންގް ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭކަމަށް ވަނީ އަޑުތައް އަރާފައެވެ. ނަމަވެސް ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވުއެެއްގައި ކަރަން އެކަން ދޮގުކޮށްފައިވާއިރު ކަރަން ބުނީ އަދި އެހާ އަވަހަށް ކައިވެނި ކުރަން ޕްލޭން ކޯށްފައި ނުވާ ކަމަށެވެ.
މިދިޔަ އަހަރު ލޯބީގެ ގޮތުން ގުޅުނު ކަރަން އާއި އުދިޔީ މިހާރު އަންނަނީ ލަންޑަނުގައި އެކުގައި ޗުއްޓީ ހޭދަކުރަމުންނެވެ.
ކަރަން އަކީ ގިނަބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. އޭނާ ވަނީ ޓީވީ ޝޯތަކުގެ އިތުރުން ބޮލީވުޑުގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. އެގޮތުން "ދާވަތު އީ އިންގް" އާއި "ހޭޓް ސްޓޯރީ 4" އިން ވެސް ކަރަން ވަނީ ފެނިގެން ގޮސްފައެވެ. ކަރަން އަކީ އެކްޓަރެއްގެ އިތުރުން ހޯސްޓެއް ވެސް މެއެވެ.