ads
ކެލާ ކަނޑޫފާ——ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ކެލާގައި ކަނޑޫ ހޮވުން މަނާކޮށް، ހިކިފައިވާ ގަސްތައް ވިއްކާލަނީ
ހއ. ކެލާގެ ކަނޑޫފަލުން ކަނޑޫ ހޮވުން ވަގުތީ ގޮތުން މަނާކޮށް، ހިކިފައިވާ ކަނޑޫގަސްތައް ގަތުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ކެލާ ކަނޑޫފަލުގައި މަރުވެފައިވާ ކަނޑޫ ގަސްތައް އެސަރަހައްދުން ނަގައި އަލުން ކަނޑޫ އިންދާ ހެއްދުމުގެ މަސައްކަތް ކުރުމަށް އެކައުންސިލުން ވަނީ ނިންމާފައެވެ. 

އެކަމަށްޓަކައި މިހާރު ކަނޑޫފަލުގައި ހިކިފައިވާ ކަނޑޫގަސްތައް ވިއްކަން އިއުލާންކޮށް ކައުންސިލުން ކުރި އިއުލާންގައި ވާގޮތުން މި ކަނޑޫ ގަސްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ކެލާ ކައުންސިލުން ހިކި ކަނޑޫ ގަސް ވިއްކުމަށް  ކަނޑައަޅާފައިވާ އަގުތަކަށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ)އިން ކަނޑައަޅާފައިވާ "ކަނޑޫފާތައް ބެލެހެއްޓުމުގައި ކައުންސިލުން ސަމާލުކަންދީ އަދި މަރުވެފައިވާ ކަނޑޫ ގަސްތަކާއިމެދު އަމަލުކުރަންޖެހޭ އުސޫލް" އާއި އެއްގޮތަށެވެ.

ހިކި ކަނޑޫގަސް ވިއްކުމަށް ކައުންސިލުން ފާސްކޮށްފައިވާ އަގުތައް 

1. ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި 10 ސެންޓިމީޓަ ހަމަ ނުވާނަމަ ހިލޭ

2. ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި 10 ސެންޓިމީޓަ އާ 20 ދެމެދު ގަހުގެ އަގަކީ 5 ރުފިޔާއެވެ.

3. ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި 20 ސެންޓިމީޓަ އާ 30 ދެމެދު ގަހުގެ އަގަކީ 10  ރުފިޔާއެވެ.

4. ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި 30 އަށްވުރެން ބޮޑުނަމަ ކޮންމެ ގަހެއްގެ އިތުރުވާ ކޮންމެ ސެންޓިމީޓަރަކަށް އަކަށް 50 ލާރީގެ ރޭޓުން އަގު އިތުރުވާގޮތަށް

 ހިކި ކަނޑޫ ގަސް ބޭނުންވެލައްވާ ފަރާތްތަކުން ކައުންސިލް އިދާރާއިން ދޫކުރާފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި އީޕީއޭ އިން ކަނޑައަޅަފައިވާ "ކަނޑޫފާތައް ބެލެހެއްޓުމުގައި ކައުންސިލުން ސަމާލުކަންދީ އަދި މަރުވެފައިވާ ކަނޑުގަސްތަކާއިމެދު އަމަލުކުރަންޖެހޭ އުސޫލް"ގެ ދަށުން ކަނޑޫހޮވުން މިހާރު ވަނީ ހަ މަސް ދުވަހަށް މަނާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް