ނައިބް ރައީސް ބަގްލަދޭޝްގެ ރައީސް އާއިއެކު——
ދިގު މުއްދަތުގެ ލޯނެއް ޙޯދަން ރާއްޖެއިން ބަންގްލަދޭޝް ސަރުކާރުގައި އެދިއްޖެ
Share
ދިގުމުއްދަތުގެ ލޯނެއް ހޯދުމަށް ރާއްޖެއިން ބަންގްލަދޭޝް ސަރުކާރުގައި އެދިއްޖެ އެވެ.
Advertisement

މިކަން ހާމަކޮށްފައިވަނީ އެގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ފަަޒްލީ ކަބީރާ ބީއައިޑީއެސް ކޮންފަރެންސް އޮން ޑިވްލޮޕްމެންޓްގެ ފައިނަލް ސެޝަންގެ ރައުންޑް ޓޭބަލުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި ރާއްޖެއިން އެދިފައިވަނީ ދިގުމުއްދަތުގެ ލޯނަކަށެވެ. އަދި ސަރުކާރުން އެ ލޯން ރާއްޖެއަށް ދޭން ގަސްތުކުރާކަންވެސް ވަނީ ހާމަކޮށްފައެވެ. ނަމަވެސް ލޯނާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މިއީ އެ ގައުމުން ގައުމަކަށް ލޯނު ދޭ ދެވަނަ ފަހަރެވެ. މިދިޔަ އޯގަސްޓު މަހުގެ ތެރޭގައިވެސް އެ ގައުމުން ވަނީ ލަންކާއަށް 250 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނެއް ދީފައެެވެ.

ރާއްޖެއިން ލޯނަކަށް އެދިފައިވާކަން ރާއްޖޭގެ ސަރުކާރުން ހާމަކޮށްފައެެެެއް ނުވެއެވެ. ނަމަވެސް މިފަހުން ނައިބު ރައީސް ފައިސަލް ނަސީމް ހިމެނޭހެން ކެބިނެޓުގައި ހިމެނޭ ބައެއް ވަޒީރުން ވަނީ ބަންގްލަދޭޝްއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބަންގްލަދޭޝްގެ ރައީސް އަބްދުލް ހާމިދުގެ އިތުރުން ގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާއާއިވެސް ބައްދަލުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް