ads
ސްރީލަންކަން އެއާލައިންގެ ފްލައިޓެއް އައްޑޫ ސިޓީ ގަމުގައި ފޮޓޯ އައްޑޫލައިވް
ދެއަހަރު މެދުކެނޑުމަކަށްފަހު އައްޑޫއަށް ސްރީލަންކަން އެއާލައިންގެ ދަތުރުތައް ފަށައިފި
ދެ އަހަރު ދުވަހަުގެ މުއްދަތަކަށް މެދުކެނޑިފައި އޮތުމަށްފަހު ސްރީލަންކަން އެއާލައިންގެ ދަތުރުތައް އައްޑޫ ސިޓީއަށް ފަށައިފިއެވެ.

ގަމާއި ކޮލޮމްބޯ އާ ދެމެދު ކުރަމުން އައި ދަތުރުތައް އޭރު މެދުކަނޑާލީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެންނެވެ. 

ދަތުރުތައް ފެށުމާއެކު މިއަދު އައްޑޫ ގަމަށް ފުރަތަމަ ފްލައިޓް ޖައްސާފައިވަނީ މިއަދު މެންދުރު 13:30 ގައެވެ. ގަމާއި ކޮލޮމްބޯއާ ދެމެދު ކުރިން ހަފްތާއަކު 4 ދަތުރު ބާއްވާފައި ވެއެވެ. އހެންނަމަވެސް މިއަދު އަލަށް ފެށުމާއެކު ކޮންމެ ހަފްތާއަކު ބާއްވާނީ 1 ދަތުރެވެ. 

އައްޑޫއަށް މިދަތުރުތައް އަލުން ފަށާފައިވާއިރު ދާދިފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެސިޓީގެ ހަންކެޑެ ، ރިއަލްސްޓޭޓް ޓޫރިޒަމް ތަރައްގީ ކުރުމަށް ހުޅުވާ ލައްވައިފަ އެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގައި ދިވެހިރާއްޖޭގައި ޓޫރިސްޓް ރިސޯޓު ހެދުމަށާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްޤީ ކުރުމަށާއި،ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްޤީ ކުރުމަށާއި، ޕްރައިވެޓް އައިލެންޑް ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި، އަދި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްއާއި ޔޮޓު ބަނދަރު ހަދާނެ ތަންތަނާއި، ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ އެނޫންވެސް ތަންތަނާއި ސަރަޙައްދުތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް