ads
ކޮވިޑް---
ދުވަހުގެ ފެށުން ފެށުނީ ކޮވިޑު މަރަކުން، ޖުމްލަ އަދަދު 254 އަކަށް!
ކޮވިޑް ބަލީގައި އަނެއްކާވެސް އިތުރު މީހަކު މަރުވެއްޖެއެވެ.
Advertisement

އެޗްޕީއޭ އިން ބުނީ މަރުވެފައިވަނީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާދެމުން ދިޔަ 77 އަހަރުގެ އަންހެނެއް ކަމަށެވެ.

އޭނާ މަރުވެފައިވަނީ މިއަދު ހެނދުނު 6:29 ގައެވެ. މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 254 ވަނަ މީހާއެވެ.

އިއްޔެ ވެސް މި ބަލީގައި ރާޢްޖެއިން ދެ މީހުން ވަނީ މަރުވެފައެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަށްފަހު މިހާރު އަނެއްކާވެސް ޕޮޒިޓިވްވާ މީހުން އަަންނަނީ ގިނަވަމުންނެވެ. 

އެގޮތުން އިއްޔެ ވެސް 102 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެެއެވެ. މީގެ ތެރެއިން އެންމެ ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވާ މީހުންނެވެ. އިއްޔެ އަތޮޅުތަކުން 72 މީހަކު އަދި މާލެއިން 25 މީހެއް، ރިސޯޓުތަކުން ފަސް މީހަކު ޕޮޒިޓިވްވިއެވެ.

މިވަގުތުވެސް ބަލިޖެހިފައިވާ 1726 މީހުން ރާއްޖޭގައި ތިބިއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ މީގެ ތެރެއިން 19 މީހަަކަށެވެ.

ރާއްޖެއިން މިހާތަަނަށް މުޅި ޖުމްލަ 92،095 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި 90،103 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް