
ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކިރުމާއި މެދު ގޮތެއް ނިންމުމަށް ޖޭއެސްސީން ބާއްވާ ބައްދަލުވުން އޮންނާނީ މިރެއެވެ. ޖޭއެސްސީ ހެދި ތަހުގީގު ކޮމެޓީން ވަނީ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ލަދާފޭން ނިންމާފައެވެ.
މިރޭ 8 ޖަހާއިރު އޮންނަ ބައްދަލަވުން އާއްމުކޮށް ހުޅުވާލައިގެން ގެންދިޔުމަށް ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ އެދިވަޑައިގެންފައެވެ. އަދި މިރޭ އޮންނަ ބައްދަލުވުމަށް ގާނޫނީ ވަކީލަކާ އެކު ހާޒިރުވެވަޑައިގެން ދިފާއީ ހެކި ހުށަހަޅުއްވައި ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވުމަށްވެސް ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން ތަހުގީގު ކޮމިޓީގައި މަސައްކަތް ކުރެއްވި ބޭފުޅުން ކޮމިޝަންގެ ނިންމުމުގައި ބައިވެރިވުމުގެ ފުރުސަތު ނުދިނުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އެ ކޮމޓީގައި ތިއްބެވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި ރައީސް މުހައްމަދު މުއިއްޒުގެ މެމްބަރު ޔަޒްމީދު މުހައްމަދާާއި ވަކީލުން ތަމްސީލްކުރާ މެމްބަރު އަލީ އަބްދުއްލަތީފްއެވެ. އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމްވެސް ދުވަސް ކޮޅަކަށް އެ ކޮމެޓީގައި މަސައްކަތް ކުރެއްވިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މައްސަލަ ބަލާ ކޮމިޓީން ހަގީގަތާ ހިލާފު ރިޕޯޓެއް ތައްޔާރުކޮށްފައިވާކަމަށް ވިދާޅުވެ ޑރ. އަޒްމިރަލްދާ ޒާހިރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.