ads
ފޮޓޯ: ރައީސް އޮފީސް
މިނިމަމް ވޭޖް ކަނޑައެޅުމާއި މެދު ކެބިނެޓާއި ކަމާއިބެހޭ އިދާރާތަކުން މަޝްވަރާކޮށްފި
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއިމެދު ވަޒީރުންގެ މަޖިލީހާއި، ކަމާއި ގުޅުންހުރި އިދާރާތަކުގެ އިތުރުން ރައީސް އޮފީހުގެ އިސްވެރިން މަޝްވަރާކޮށްފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ކުރިއަށްގެންދިޔަ މި މަޝްވަރާތަކުގައި އިކޮނޮމިކް މިނިސްޓްރީއާއި އެމްއެމްއޭ އިން ވަނީ  ޚާއްޞަ ޕްރެޒެންޓޭޝަނެއް ވެސް ހުށަހަޅާފައެވެ. ރައިސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރެޒެންޓޭޝަންތައް ބައްޓަންކޮށްފައިވަނީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއިމެދު އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެލް.އޯ.) އަދި ރައީސް ސޯލިހް އެކުލަވާލައްވާފައިވާ މުސާރައާއި އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރައްވާފައިވާ ދިރާސާ ރިޕޯޓުތަކުގައި ހިމެނޭ މަޢުލޫމާތު ތަކުގެ މައްޗަށެވެ. 

މިބައްދަލުކުރެއްވުމުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ އެންމެ އެކަށޭނަ، އަދި ފުރިހަމަ ގޮތެއްގައި "މިނިމަމް ވޭޖް" ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ކުރަންޖެހޭ ކަންތައްތަކުގެ މައްޗަށް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި އެންމެ ކުޑަ އުޖޫރަ އެކަށައެޅުމުން އެކިއެކި ދާއިރާތަކަށް އޭގެ ސަބަބުން ކުރާނެ އަސަރާއި އަންނާނެ ކަމަށް އަންދާޒާކުރެވޭ ބަދަލުތައް މަޝްވަރާކޮށްފައިވެއެވެ. މިގޮތުން، ދައުލަތުގެ ބަޖެޓާއި، އިންފްލޭޝަނަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލާއި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތާއި ބޭރު ފައިސާގެ ރިޒާވްއާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ އަދި އަމިއްލަ ކުންފުނިތަކާއި، ޖުމްލަ ގޮތެއްގައި އިޤްތިސާދަށް ކުރާނެ އަސަރުތަކާއިމެދު މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައި ވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް