ads
އިންޑިޔާ ސިންފައިން ރާއްޖެއައުމަށް ފުރާފައިވާކަމަށް އިންޑިޔާ ނޫސްތައް ބުނޭ
އެއްގަމާއި ކަނޑުގައި އިންޑިޔާ ސިފައިންގެ ތަމްރީނުތަކެއް
އެއްގަމާއި ކަނޑުގައި ރާއްޖޭގެ ސިފައިންނާ ގުޅިގެން ބާއްބާ ތަމްރީނު ތަކަކަށް އިންޑިޔާ ސިފައިންގެ ފައުޖެއް ރާއްޖެއަށް އަތުވެއްޖެއެވެ.

އިންޑިޔާ ސަރުކާރާ ހަވާލާދީ އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ އެކްސަސައިޒް އެކުރެިންގެ ނަމުގައި ކުރިއަށް ގެންދާނީ މިމަހުގެ 6- 19 އަށް ކަމަށެވެ. 

އިންޑިޔާ ސަރުކާރުން ބުނާ ގޮތުގައި މިއީ ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަންތަކުގައި މަސައްކަތްކުރަން ބޭނުންވާ ތަމްރީންތައް ދެގައުމުގެ ސިފައިންނަށް އިތުރަށް ދިނުމަށްތަކައި ބޭއްވޭ ތަމްރީނު ތަކެކެވެ. މިއީ 2009 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ތަމްރީން ތަކެކެވެ.

މި ތަމްރީނު ތަކުގެ ތެރޭގައި ކުޅިވަރާއި ސަގާފީ ހަރަކާތްތައްވެސް ދެގައުމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ކުރިއަށް ގެންދާނެއެވެ. 

އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ދަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ. އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން އެޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ އިންޑިޔާސިފައިން މިގައުމުގައި ތިބެގެން ނުވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް