ads
މިއަދު އެކްސިޑެންޓުވި ވޭން އާއި ސައިކަލް---ފޮޓޯ:ފުލުހުން
ގަމުގައި ވޭން އަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި
ލ. ގަމުގައި ވޭން އަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިއެވެ.
ލ. ގަމުގައި ވޭން އަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިއެވެ.

ފުލުހުން ބުނީ އެއެކްސިޑެންޓު ހިނގާފައިވަނީ މިއަދު 09:20 އެހާއިރު ގަމު ލިންކު ރޯޑުގައި ވޭން އަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ.

އެގޮތުން އެއެކްސިޑެންޓު ހިނގަން މެދުވެރިވީ ވޭން އަނބުރާލަން އުޅުމުގެ ތެރޭގައި ފަހަތުން އައި ސައިކަލެއް ޖެހިގެން ކަމަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ވޭން ދުއްވަން އިނީ އުމުރުން 53 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ސައިކަލް ދުއްވަން އިނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެއެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިގެން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކްސިޑެންޓުގައި ސައިކަލާއި ވޭން އަށް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި ސައިކަލް އަދި ވޭން ދުއްވި މީޙުންގެ އަތުގައި ލައިސެންސް އޮންނަ ކަމަށެވެ. އަދި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް