ads
މަސްވެރިކަމުގެ ގޮންޖެހުންތައް ދެނެގަތުމަށް ފޯރަމެއް ގާފަރުގައި ބާއްވަންވަނީ ނިންމާފައި ޒުވާން މަސްވެރިޔާ
މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް މަސްވެރިންގެ ފޯރަމެއް ބާއްވަނީ
މިމަހުގެ 10 ވަނަ ދުވަހު ކ.ގާފަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ 41 ވަނަ މަސްވެރިންގެ ދުވަހާ ގުޅުވައިގެން، މަސްވެރިންގެ ފޯރަމެއް ބޭއްވުމުގެ ތައްޔާރީތައް މިހާރު އެރަށުގައި ކުރިއަށްދާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މި މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހު ކުރިއަށްގެންދާ މި ފޯރަމް ބޭއްވުމުގެ މަޤުޞަދަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތައް ސީދާ އެ ސިނާޢަތުގައި ހަރާކާތްތެރިވާ ފަރާތްތަކުގެ ކިބައިން ދެނެގަނެ އެކަންކަން ހައްލުކުމަށް މަސައްކަތްކުރުމެވެ.

މި ފޯރަމްގައި މަސްވެރިންނާއި އޮޑިވެރިން އަދި މަސްވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޖަމިއްޔާ ޖަމާޢަތްތައް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމާއި، މަސްވެރިކަމުގެ އުޅަނދުފަހަރަށް އަންނަމުންދާ ބަދަލުތަކާއި ފަސްވަނަ ޖެނެރޭޝަންގެ މަސްވެރި އުޅަނދު ޑިޒައިންކުރުމުގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކޮށް، މޯލްޑިވެސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރޒް އެސޯސިއޭޝަން (އެމް.އެސް.ޕީ.އީ.އޭ) އިން ތަރައްޤީކޮށްފައިވާ ފިޝަރީޒް އިމްޕްރޫވްމަންޓް ޕްރޮޖެކްޓްއާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އަދި މީގެއިތުރުން ދިރޭއެމުގެ މަސްވެރިކަމުގައި ހުރި ކަންބޮޑުވުންތަކާއި މަސްވެރިކަމުގެ މައުލޫމާތު ފޮނުވުމުގައި ހުރި މައްސަލަތައް ދެނެގަނެ، މި ސަރުކާރުގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ ނޫރާއްޖެ ޕްރޮގްރާމް ގެ ތަޢާރަފް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީންމައުލޫމާތު ދެއެވެ. 

މީގެ އިތުރުން ވެސް މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކ.ގާފަރުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް