ads
މައިޔޫއެސް އިން ރާއްޖެއަށް ހާއްސަ ވެބްސައިޓެއް ތައާރަފްކޮށްފި
އޮންލައިންކޮށް އެމެރިކާގެ އެކިއެކި ސްޓޯރ ތަކުން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މައިޔޫއެސް.ކޮމް ގެ ފަރާތުން ރާއްޖެއަށް ހާއްސަކޮށް ގޯޝޮޕް.އެމްވީ ގެ ނަމުގައި ވެބްސައިޓެއް ތައާރަފް ކޮށްފިއެވެ.
Advertisement

ގޯޝޮޕް އަކީ މައި ޔޫއެސް.އިން މިހާރު ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް އަގުހެޔޮކޮށް ރާއްޖޭގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މިހާރުވެސް ޑެލިވަރީގެ ޚިދުމަތް ދެމުންދާ ރެޑްބޮކްސް އާއި މައިޔޫއެސް ގުޅިގެން ފޯރުކޮށްދޭ ޚިދުމަތެކެވެ.

އެމެރިކާގެ އެތައް ހާސް އޮންލައިން ވެބްސައިޓްތަކުން ވިޔަފާރި ކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ދައްޗަކަށް ވެފައި އޮންނަނީ، އެފަދަ އޮންލައިން ސްޓޯރ ތަކުން ރާއްޖެއަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށް ނުދިނުމެވެ. އޭގެ އިތުރުން ޝިޕިންގ އަން ނަގާ ޗާޖު ބޮޑުވެގެންވެސް ބައެއް ފަރާތްތަކުން ޝަކުވާ ކުރެއެވެ. ނަމަވެސް ގޯޝޮޕް ގެ ސީ.އޯ.އޯ ހުސެއިން ޝާހިދު ވިދާޅުވަނީ އަގުތައް ވަރަށް ހެޔޮވާނެ ކަމުގައެވެ. 

"އަޅުގަނޑުމެން ޔަޤީންކަން ދެން ޔޫއެސް އިން ގަންނަ ތަކެތި ޝިޕް ކުރުމަށް މިހާރު ހޭދަ ކުރާ މިންވަރަށްވުރެ އެތައް ތަނެއް ގޯޝޮޕް މެދުވެރިކޮށް ޝިޕް ކުރުމުން އަގުހެޔޮވާނެ. އަދި އަޅުގަނޑުމެންގެ ޚިދުމަތް ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ލިބޭނެ. މާނައަކީ ސީދާ ޔޫއެސް އިން ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށްވެސް ހަމަ ވެބްސައިޓުން ނަގާ ޗާޖަށް ލިބޭނެ."

މި ހިދުމަތް ގޯޝޮޕް.އެމްވީ މެދުވެރިކޮށް މިހާރުވެސް ހުޅުވާލެވިފައިވާއިރު، މައިޔޫއެސް.ކޮމް ގައިވެސް ރެޑްބޮކްސް ޓްރޭޑްލޭން މެދުވެރިކޮށް ޝިޕް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް