ads
އަލަށް ޖަރުމަނުގެ ޗާންސެލަރު ކަމާއި ހަވާލުވި އޮލާފް ޝޮލްޒް. އޭނާ ވަނީ ޖަރުމަނުގެ މިނިމަމް ވޭޖު މިހާރަށް ވުރެ ބޮޑުކުރާނެ ކަމަށް ވިދާޅުވެފައި- ފޮޓޯ: ކްލެމެން ބިލަން
އޮލާފް ޝޮލްޒް ޖަރުމަނުގެ ޗާންސެލަރުކަމުގެ ހުވާކުރައްވައިފި
ޖަރުމަނުގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ މެމްބަރު އޮލާފް ޝޮލްޒް އެގައުމުގެ ޗާންސެލަރުކަމުގެ ހުވާކުރައްވައިފި އެވެ.

އެޖެލާ މާކެލް ޗާންސެލަރުކަން ކުރައްވާތާ 16 އަހަރަށް ފަހު އެހެން ބޭފުޅަކަށް އެ މަގާމު ލިބިފައި މިވަނީ މާކެލް އިތުރަށް ސިޔާސީ ދާއިރާއިން ކުރިއަށް ދާން ބޭނުން ނުވާތީ އެއް ފަރާތްވުމުންނެވެ. '

މިހާރު އުމުރުން 63 އަހަރުގެ ޝޮލްޒް ވަނީ މީގެ ކުރިން މާކެލްގެ ވައިސް ޗާންސެލަރުކަން ވެސް ކުރައްވާފައެވެ. ޗާންސެލަރުކަމާއި ހަވާލުވުމަށް ފަހު ޝޮލްޒް ވަނީ ޔޫރަޕް މިހާރަށް ވުރެ ވަރުގަދަ ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށާއި ތިމާވެއްޓާއި ރައްޓެހި އިންވެސްޓްމެންޓްތައް އިތުރުކުރާނެ ކަމަށް ވައުދުވެފައެވެ. 

ޝޮލްޒް ވަނީ ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ނެގި ވޯޓުގެ ތެރެއިން 395 މެމްބަރުގެ ބޮޑު އަގުލަބިއްޔަތު ހޯދައިފައެވެ. 

ޝޮލްޒް މަގާމާއި ހަވާލުވުމުން ރަޝިޔާގެ ރައީސް ވްލެޑެމިއާ ޕުޓިން އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ޖަރުމަނާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް ދެގައުމުން ވެސް ހާމަކޮށްފައިވެއެވެ. 

ޗާންސެލަރު ކަމުން ދުރުވި މާކެލް ވިދާޅުވީ ދެން ކުރާނެ ކަމަކާއި މެދު އަދި ނުވިސްނާ ކަމަށެވެ. ކުޑަދުވަސްކޮޅެއް ވަންދެން ފޮތް ކިޔާ ނިދާހެދުމަށް ފަހު ދެން ކުރާނެ ކަމަކާއި މެދު ވިސްނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް