ads
ޝާހިދު އާއި މުރްނާލް…
"ޖާޒީ" ގެ ލަވަ "މައްޔާ މެއިނޫ" އާންމުންނަށް!
އަންނަ މަހުގެ 31 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ޖާޒީ" ގެ ލަވަ "މައްޔާ މެއިނޫ" ބެލުންތެރިންނަށް ދައްކާލާފައެވެ.

ލަވަ ޔޫޓިއުބަށް ވެސް މިހާރު ދޫކޮށްލާފައިވާއިރު އެ ލަވަ އަށް އަންނަނީ ބޮޑު ތަރުހީބެއް ވެސް ލިބެމުންނެވެ. މިހާތަނަށް އައި އިރު 7.4 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެ ލަވަ ބަލާފައެވެ.

ޝެލީގެ ލިރިކްސް އަކަށް ޝަޗެތްގެ އަޑުން ކިޔާފައިވާ އެ ލަވައިން ފެންނަނީ ލީޑު ދެ ތަރިން ކަމަށްވާ ޝާހިދު ކަޕޫރު އާއި މުރްނާލް ތާކުރް އެވެ. އެ ދެމީހުންގެ ލޯބީގެ މަންޒަރުތައް ލަވައިން ދައްކުވައިދެއެވެ.

ގޯތަމް ތިނައްނޫރީ ޑައިރެކްޝަން ހަދާފައިވާ "ޖާޒީ" ގައި ޝާހިދު ފެނިގެންދާނީ މަޝްހޫރު ކްރިކެޓް ކުޅުން ތެރިއެއްގެ ރޯލުންނެވެ. 

މީގެ އިތުރުން ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރް ވެސް ފެނިގެން ދާނެ ކަން ފާހަގަކޮށްލެވެއެވެ. 

އަހަރު ނިމޭ ދުވަހު ސިނަމާތަކަށް ގެންނަން ފިލްމުގެ ޓީމުން ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު ޝާހިދުގެ ގިނަ ފިލްމީ މަސައްކަތްތަކެއް ކުރިއަށް ވެސް ހުރިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އޭނާ ވަނީ "ބުލް" ކިޔާ ފިލްމަކަށް މިފަހުން ސޮއިކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް