ފުލުހުން ބުނެފައިވަނީ ދެކުނު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި 76 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރު 01:00 ގައި ކަމަށެވެ. އަދި އެމީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އަދި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންގެންދާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ނުހަނު ފަހުން ވަނީ އުމުރުން ދެ އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެކުއްޖާގެ ކާފަ އަދި މުނި ކާފަ ހައްޔަރުކޮށްފަ އެވެ. އަދި އެކުއްޖާއަށް އިހުމާލުވި މައްސަލައިގައި އެކުއްޖާގެ ބައްޕަ ވަނީ ހައްޔަރުކޮށްފައެވެ.