ads
މީހަރު ސައިކަލާއެކު ފެރީއަށް އަރަނީ- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީ އިން ހުޅުމީދޫ އާއި ފޭދޫއާއި ދެމެދު ސައިކަލު ފެރީހިދުމަތް ފަށައިފި
އައްޑޫ ސިޓީގެ ހުޅުމީދޫއާއި ފޭދޫއާއި ދެމެދު ސައިކަލް ފެރީގެ ޚިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މިއަދު މި ތައާރަފް ކުރެވުނު ހިދުމަތުގައި ބޭނުންކުރާ ސައިކަލް ފެރީގައި 15 ސައިކަލުގެ ޖާގައިގެ އިތުރުން 60 ފަސިންޖަރުން އުފުލޭނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. 

ދިޔަވަރަށް އަންނަ ބަދަލުތަކާއިއެކުވެސް ސައިކަލްތައް ފެރީއަށް އެރުވުމަށްޓަކައި އެކަމަށް ހާއްސަ ލިފްޓެއް ފޭދޫ އަދި ހުޅުމީދޫގައި
ބެހެއްޓިފައި ހުންނާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

ސައިކަލް ފެރީ ޚިދުމަތުގެ އަގަކީ ސައިކަލަކަށް 20 ރުފިޔާއެވެ.

ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ސައިކަލް ފެރީގެ ހިދުމަތް ފޯރުކޮށްދެވޭނެއެވެ. މިއަދު ދޭން ފެށި މި ހިދުމަތާއެކު އެ ކުންފުނިން ވަނީ ފެރީ ޝެޑިއުލް އާންމުކޮށްފައެވެ.

ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެކުންފުނީގެ މަގްސަދަކީ ހެޔޮ އަގުގައި
ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި
ދެމިތިބުން ކަމަށް އެމްޓީސީސީ އިން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް