ads
އެމްޕީއެލްގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޓީޖެޓީ ނުނެގޭނެ، އެމްއޯޔޫގައި މުއްދަތެއް ނޯންނާނެ: އެމްޕީއެލް
ޓީ ޖެޓީ އެކުންފުންޏާ ހަވާލު ކޮށްފައިވަނީ ހައުސިން މިނިސްޓްރީން ކަމަށާއި، އަދި އެ އެއްބަސްވުމުގައި ވަކި މުއްދަތެއް ބަޔާން ކޮށްފައި ނުވާ ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.
Advertisement

އެމްޕީއެލް އިން މިހެން ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލުން އެމްޕީއެލްއަށް ޓީޖެޓީ އެންމެފަހުން ދީފައިވަނީ ތިން އަހަރުގެ މުއްދަތަށް އެއްބަސްވުމެއް ހެދުމަށްފަހު ކަމަށް ބުނެފައިވަނިކޮށެވެ.އެކައުންސިލުން ބުނެފައިވަނީ  މިހާރު އެމުއްދަތު ހަމަވެފައިވާ ކަމަށާއި އެހެންވެ، އެއީ މިހާރު މާ؛ލޭ ސިޓީ ކައުންސިލުގެ ތަނެއް ކަމަށެވެ. 

އެމްޕީއެލް އިން ބުނީ އެ ކުންފުންޏާއި ޓީޖެޓީ ހަވާލުކޮށްފައިވަނީ އެމްއޯޔޫއެއްގައި ސޮއިކޮށް 2015 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން ކަމަށެވެ. އަދި އެތަން އެ ކުންފުނީގެ އަތުން ނެގުމުގެ ބާރު އޮންނާނީ ހައުސިންގ މިނިސްޓްރީއަށް ކަމަށެވެ.

އެ ކުންފުންޏާއި ހައުސިންގ މިނިސްޓްރީއާއި ދެމެދު ސޮއި ކުރެވުނު އެމްއޯޔޫގެ މުއްދަތު ހަމަވެފައިވާވާހަކަ މީޑިއާގައި ދައުރުވަމުންދާ ދިއުމާއި ގުޅިގެން އެ ކުންފުނިން ބުނީ  އެމްއޯޔޫގައި މުއްދަތެއް ބަޔާންކޮށްފައި ނުވާނެ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނާ ގޮތުގައި އެއްބަސްވުމުގައި 90 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އަދި އެމުއްދަތު މިމަހުގެ 12 ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށްވެސް ކައުންސިލުން ބުނެއެވެ. އެހެން ނަމަވެސް ސަރުކާރުން ވެސް ވަނީ އެގޮތަށޤ ޓީ ޖެޓީ ހަވާލު ނުކުރެވޭނެ ކަމަށް ސިޓީ ކައުންސިލަށް އަންގާފައެވެ.

އެހެންނަމަވެސް ސިޓީ ކައުންސިލުން ވަނީ ކޯޓަށޤ ގޮސްގެންވެސް އެތަން ހޯދުމަށް ނިންމާފައެވެ. 

އެއެއްބަސްވުން ހެދިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ދރ މުހައްމަދު މުއިއްޒު ވިދާޅުވީ އެ ޖެޓީ ސިޓީ ކައުންސިލަށް ހޯދުމަށް ހަތަރު ފަހަރު ސަރުކާރަށާއި އެމްޕީއެލްގައި ހަތަރު ފަހަރު އެދިފައިވާނެ ކަމަށެވެ. އެހެން ނަމަވެސް ރައީސް އޮފީހުން އެކަމަށް ދެކޮޅު ހަދާކަމަށް މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;