ads
ޔާމީންގެ ވެރިކަމުގައި ގާނޫނެއް ތަސްދީކުރައްވާއިރު އަދީބް އަދި އަނިލް އަރިހުގައި
މަނީ ލޯންޑްރިން ގާނޫނާ ގުޅޭ ގޮތުން ޔާމީން އިތުރުފުޅު ހައްދަވައިފި
މަނީ ލޯންޑްރިން ގާނޫނެއް އޭރު އޮތް ނަމަ، އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންގެ މައްޗަށް ތަހުގީގު ކުރެވުނީސް ކަމަށް ވިދާޅުވެ ރައީސް ޔާމީން ކަނޑައެޅިގެން އިތުރުފުޅު ހައްދަވައިފިއެވެ.
Advertisement

މަނީ ލޯންޑްރިން ގާނޫނެއް އޭރު އޮތްނަމަ އޭ ވިދާޅުވެ ރައީސް ޔާމީން އިތުރުފުޅު ހެއްދެވީ، "ކޮތަރު ކޮށި" ނަމުގައި އިދިކޮޅު ޕީޕީއެމުން ބޭއްވި ޖަލްސާގައި ހުކުރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުންނެވެ. މަނީ ލޯންޑްރިން ގާނޫނެއް އޭރު އޮތްނަމަ އޭ ވިދާޅުވެ ޔާމީން އިޝާރާތް ކުރެއްވީ ދެހާސް އަށާރަވަނަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރުގެ ވާހަކައިގެ ތެރެއިންނެވެ.

ޔާމީނު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ޓިނު ނަގަން ޖެހުނީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ޙަމީދުގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވެގެން ކަމަށެވެ. އަދި އޭރު މަނީ ލޯންޑްރިން ގާނޫނެއް އޮތް ނަމަ އެ ފަނޑިޔާރުން އެކަމުގައި ބެދޭނެ ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވި އިރު އޭރުވެސް މަނީ ލޯންޑްރިން ގާނޫނަށް ހަތަރު ވަރަކަށް އަހަރު ވެއްޖެއެވެ.

އޭރު މަނީ ލޯންޑަރިންގެ ގާނޫނު އޮތްނަމަ މިހުރިހާ އެންމެ ބަރާބަރަށް ހަތަރެސް ކަނަށް މީގެ ތެރެއަށް ފެތޭނެ. ބަރާބަރަށް ފެތޭނެ. އަދި އެ ބޭފުޅުންގެ ދިފާއެއް ނުވެސް އޮންނާނެ. އަދި އެ މައްސަލަތައް ބަލައި ތަހުގީގު ކުރިއަސް އެ ބޭފުޅުންގެ ދިފާއެއް ނޯންނާނެ.

ދެހާސް އަށާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހިނގި ހާދިސާއަކާ ގުޅުއްވައި، މަނީ ލޯންޑްރިން ގާނޫނެއް އޭރު އޮންނަމައޭ ޔާމީން ވިދާޅުވި އިރު މަނީ ލޯންޑްރިންގެ ގާނޫނަކީ ދެހާސް ސާދަވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް ޔާމީން ތަސްދީގު ކުރެއްވި ގާނޫނެކެވެ. 

ރައީސް ޔާމީން މި ގާނޫނު ތަސްދީގު ކުރެއްވީ ދެހާސް ސާދަވަނަ އަހަރުގެ އޭޕްރީލް މަހުގެ ތޭރަވަނަ ދުވަހުއެވެ. އެހެންކަމުން ދެހާސް އަށާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ހިނގި ކަމަކާ ގުޅިގެން، އޭރު މަނީ ލޯންޑްރިން ގާނޫނެއް އޮތްނަމައޭ ވިދާޅުވުމަކީ އަމިއްލަފުޅަށް އޭގެ ހަތަރު ކުރިން ތަސްދީގު ކުރެއްވި ގާނޫނެއް އެއީ ނެތް އެއްޗެއް ކަމަށް ހެދުމަށް ނުވަތަ ރައްޔިތުންނަށް އެކަން އޮޅުވާލެއްވުމަށް، ސަޕޯޓަރުންގެ ހާޒިރުގައި އަދި ލައިވްކޮށް ބްރޯޑްކާސްޓް ކުރަމުން ދިޔަ ޖަލްސާއެއްގައި ރައީސް ޔާމީން ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެކެވެ.

83%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް