ads
އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް-
އީސީޝަރީފް، ރައީސް ޔާމީން ޖާހިލެއް ގޮތަށް ސިފަ ކުރައްވައިފި
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ ޖާހިލެއް ކަމަށް ކުރީގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ސިފަ ކުރައްވައިފި އެވެ.

ރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމްޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ޝަރީފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. 

ޝަރީފް މިއަދު ކުރއްވި ޓުވީޓެއްގައި ބުނީ ރައްޔިތުން ކުރިމަތީ ވޯޓުލައި ސާފު ވޯޓަކުން ރައީސް ޔާމީން ވަނީ ބަލިވެފައި ކަމަށެވެ. އެކަމަކު ޕޯޑިއަމްއަށް އަރާ މާކޫލް މީހެއް ކަމަށް ހެދިގެން ރައީސް ޔާމީން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. 

އަދި ޖާހިލެއްހެން އެގޮތަށް ވާހަކަ ދެއްކެވުމަކީ ރައީސް ކަން ކުރައްވާފައިވާ މީހަކު ކުރަން މާ ރީތި ކަމެއް ނޫންކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. 

ރައީސް އަހުމަދު ޝަރީފަކީ އަރާހުރި ހާއިނެއް ކަމަށް ރައީސް  ޔާމީން ރޭގެ ޖަލްސާގައިވަނީ ވިދާޅުވެފައެވެ.

“ކޮތަރު ކޮށި” ނަމުގައި ކާނިވާ ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ވެރިކަން ބަދަލުވެގެން ދިޔަ ގޮތާއި އިންތިހާބު ބަދަލުވެގެން ދިޔަގޮތް ނޭނގޭނެ އެއްވެސް އިސް ވެރިޔަކު ނުހުންނާނެ ކަމަށެވެ. އަދި ދެން ޕީޕީއެމް ވެރިކަމަށް އަންނަ ދުވަހަކުން ރައްޔިތުންނަށް އެކަން އެނގޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރައްޔިޮތުން ނިކަމެތި ކޮށްލީ އަމާނާތެއް ހަވާލުކޮށް، ގާނޫނީ ހުވާތަކެއް ކޮށްގެން ތިބި ބައެއް ކަމަށެވެ. 

އެއީ އެމީހުންގެ ޒިންމާއިން އެއްކިބާވެ ތިބެގެން އަމިއްލަ ފައިދާއަށް ކުރި މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ. އަދި ދިވެހި ރާއްޖެ އަޅުވެތިކަމަށް ދިއުމުގެ ސަބަބަކީ ވެސް އެއީކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

17%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް