ads
ޖަލު
ހަޔާތެއްގެ ފެށުމާއި ނިމުން އައި ހިތްދަތި ގޮތް!
ހަޔާތުގެ ނިމުން އައީ ވޭނާއި އުދާސް ތަކުން ހިތްކުދި ކުދި ކޮށްފަ އެވެ. ނުހާގެ ޒުވާން އުމުރުގައި އޭނާ އެ ހޭދަ ކުރި ދުވަސްތަކުން މުޅި ހަޔާތް ބަނަކޮށްލީ ލޯބި ދޭން އަހުދުވި ޒުވާނާގެ ސަބަބުންނެ އެވެ،

މިއަަަަަދު އަހަންނަކީ ނިކަމެތި އަންހެނަކީމެވެ. އަހަރެންގެ ހަޔާތް ގުނަމުން އައީ ވޭނާއި، ހިތްދަތި ކަމުގައެވެ. ދުނިޔެ ހުސްކުރީ އެއްވެސް އުފަލެއް ނެތި މާޔޫސްކަމާއި މޮޅިވެރި ކަމުގައެވެ. ނަމަވެސް މި ނިކަމެތި ހިތަށް އުފާ ކޮށްދޭނެ ދަރިއަކު ނެތީ އަހަންނަށް ކުރެވުނު ކުށުގެ ސަބަބުންނެވެ. 

މާޔޫސް ކަމުގައި ވަގުތުތައް ހޭދަކުރުން ނޫން ގޮތެއް މިއަދުުުު އަހަންނަކަށް ނެތެވެ. މިއީ ތަގްދީރު ހެއްޔެވެ؟ މިއީ އަހަރެންގެ އުފެދުމާއި ނިމުމުގައި ހުރި ގޮތް ހެއްޔެވެ؟

އެއީ އަހަރުތަކެއް ކުރި އެވެ. ހިތް ގެބިގެން ދިޔައީ އުމުރުގެ އެންމެ ޒުވާން ދައުރުގެ ހަނދާން ތަކަށެވެ. މާޒީގެ ފުން ހިޔާލުތަކުން ހިތަށް ތަސައްލީއެއް ލިބޭނެކަމުގައި އެދި އެދި މިއަދު ޖަލު ގޮޅީގެ ވޭނުގައި، އިނަސް ވާނެ ކަމެއް ނެތެވެ. ނޫހާގެ ހިތް މިއަދު ކުދި ކުދި ވެއްޖެއެވެ. ޖަލުގެ ތޭރި ތަކުގެ ބަންދުގައި، އިންނަން ޖެހޭނީ ކިތައް ދުވަހު ކަމެއް ނޭނގޭތީ އެވެ. އަހަރެން މިދުނިޔެމަތިން ފޫހިވާން ޖެހުނީ ފަހެ ކާާކުގެ ސަބަބުން ހެއްޔެވެ. ލޯބީގެ ފުން ކަނޑުގެ ތެރެއަށް އަރަގުވެގެން ދިޔައީ، ޒުވާންކަމުގެ ޖަޒްބާތުގައި، އެންމެ އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ކަމުގައެވެ. 

ލޯބީގެ ހަޔާތުން، ކަރުނަޔާއި، ވޭނާއި އުދާސްތައް ފިޔަވައި، ލިބުނު  އެކައްޗެއް ވެސް ނެތެވެ. ވަހުޝީ ފިރިހެނެއްގެ މަޅިން، ހަޔާތް ބަނަކޮށްލީ، މަޖްބޫރު ހަޔާތަކަށް ފައިސާ ހޯދަން ޖައްސާފައެވެ. ހަށިވިއްކާ އަންހެނަކަށް ވާން މަޖުބޫރު ކޮށްފަ އެވެ. ލޯބީގައި ފިދާވި ލޯބިވެރިޔާ އޭނާގެ އެދުން އަހަރެންގެ ފުށުން ފުއްދީ ވައުދާ އަހުދުތައް ވަމުންނެވެ. ނަމަވެސް މިއަދު އޭނާއެއް ނެތެވެ. 

ލިބުނު ދަރިން ވެސް މަސްތުގެ ދިޔަ އިން ތެމި ފޯވެ، މަސްތީ ދުނިޔޭގެ ޖާދޫގައި އަރަގުވީ އެވެ. މަންމާ އޭ ކިޔާފައި ގޮވާލާނެ ކުއްޖަކު މިއަދު ނެތީ އަހަންނަށް އެދަރިންނަށް ދެއްކުނު ވިޔާނުދާ އުޅުމުގެ ސަބަބުން ކަން ޔަގީނެވެ. އަހަރެންގެ މައިން ބަފައިން އަހަންނަށް ހެޔޮގޮތް ވިސްނައި ދިނެވެ. މައިން ބަފައިންގެ ހުރިހާ ވަގުތެއް އަހަންނަށް ހުސްކުރި އެވެ. ނަމަވެސް އެ އަޑަށް އަހަރެން ބީރު ކަންފަތެއް ދިނީ ލޯބިވެރިޔާގެ، ޖާދޫގައި ޖެހިގެންނެވެ. 

އެގޮތުގައި ދުވަސްތައް ހޭދަކުރީ، ނާޖިހް އަހަނަނާއި އިންނާނެ ކަމަށެވެ. ނަމަވެސް، އޭނާގެ އަޅަކަށް އަހަރެން ހެދީ އަހަރެންގެ ނަފްސު ބުލެކްމެއިލް ކޮށްގެންނެވެ. ލޯބިން ފުރުސަތު ދިނީ، ކައިވެންޏެއް ކުރެވި ހަޔާތެއް ވޭތުކުރެވޭނެ ކަމުގެ އުއްމީދުގަ އެވެ. ނަމަވެސް ފާހިޝް ގުޅުން ތަކަށް ދެވިހިފާފައި ހުރި އެނުލަފާ ފިރިހެނާ އަހަރެންގެ ބޭނުން ކުރަމުން އައީ ބޭނުން ކޮންމެ ގަޑިއަކު ބޭނުން ކޮންމެ ގޮތަކަށެވެ. 

އޭނާގެ ވަހުޝީ ދުނިޔެއިން، އަހަރެން ނިކަމެތި ކޮށްލީ، އޭނާގެ ރައްޓެހިންނާއެކު، ގުރޫޕްތައް ގެނެސް އެހެން ކަންކަމަށް މަގުފަހި ކުރަން ފެށި ހިސާބުންނެވެ. އަހަރެންގެ ބަނޑުން ދުނިޔެއަށް އުފަންވީ ކިތައް ދަރިން ކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގެ އެވެ. ފުރާނައެއްގެ ރުއިމުގެ އަޑާއި އެކު ދުނުޔެއިން ގަސްތުގައި ވަކިކޮށްލީ ކިތައް ފުރާނަ ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. ލިބިނު ދަރިންންނަށް އަޅާނުލެވި، މަސްތުގެ ހާލަތަށް އެކުދިން ދިޔައީ އަހަރެން މަސްތުގެ ދުނިޔޭގައި އަވަދި ނެތި އުޅުނީމަ އެވެ. އަހަންނަކީ ކުށްވެރިއެކެވެ. ބޮޑު ކުށްވެރިއެކެވެ. ހައްގު އަދަބަކީ ޖަލުގެ ތޭރިތަކެއް ނޫނެވެ. މަރުގެ އަދަބު އެއީ އަހަންނަށް އޮތް އެންމެ ލުއި އިންސާފެވެ.

ހުރިހާ ކަމެއް މައިންބަފައިންނަށް ސިއްރު ކުރީ އެމީހުން ދިން ނަސޭހަތައް ބީރު ކަންފަތެއް ދެމުންނެވެ. ނަމަވެސް ދުނިޔެ އެކަންތައް ސިއްރެއް ނުކުރި އެވެ. މިއަދު އަހަރެން މީ ހަށި ވިއްކުމާއި މަގުފޭރުމާއި، ވައްކަމުގެ ތުހުމަތުގައި، ޖަލު ހުކުމެއް ތަހައްމަލް ކުރަމުން ދާ އަންހެނަކީ މެވެ. މައިންބަފައިން ދުނިޔެގައި އެބަތިއްބެވެ. އެމީހުންނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ.

ޖަލުގެ ތޭރިތަކުން ސަލާމަތް ވާން ބޭނުމެއް ނޫނެވެ. 

ޖަލު ގޮޅި އަކީ މިއަދު އަހަރެންގެ ހުރަގެއެއް ނޫނެވެ. މީ މަސްތުގެ އަދިރި ހާލިން ލޯ ހުޅުވައިލަ ދިން އަމާންް ތަނެކެވެ. އިތުރު ކުށަކަށް އަރައި ނުގަނެވި، މިތާ އޮންނަން ލިބުން އެއީ އަހަންނަށް ލިބުނު ނަސީބެއް ކަމުގައި ދެކެމެވެ. ހެއްދެވި ފަރާތަށް ތައުބާވެ، އެކަލާނގެ ހަޒްރަތަށް ގެންދަވާ އަޅެއްކަމުގައި،  އަހަރެން ލައްވާށިއެވެ. ފާފަތައް ފުއްސަވާށިއެވެ. 

66%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް