
މަސްތުވާތަކެއްޗާއި ފާހިޝް އަމަލަކި އެއީ އަހަރެންގެ ފެޝަން ކަމަށް އަހަރެން ގަބޫލްކުރީމެއެވެ. ވައްކަމާއި ކަޓަރު އެޅުމަކީ، އަހަރެންގެ ކުރިމަގުކަމުގައި ވެސް އަަހަރެން ގަބޫލުކުރީމެވެ. އަހަރެން ދުނިޔެއަށް އައީ ހަމައެކަނި އެބޭނުމުގައި ކަމަށް އަހަންނަށް ގަބޫލު ކުރެވުނެވެ. މިފަދަ ނުބައި އަމަލަކަށް އަހަރެން ހުށައެޅުނީ އަހަރެންގެ މައިން ބަފައިންގެ ސަބަބުންނެވެ. އޭރު އަހަންނަށް ހެވާއި ނުބައި ނުވިސްނުނަސް މިއަދު އަހަރެން މިހުރީ އެމައިން ބަފައިންނާއި މާ ދުރުގައެެވެ.
އަހަރެން ހަނދާން ހުންނަން ފެށީއްސުރެ، ބައްޕަ މަންމަ އަށް ކުރާ އަނިޔާ އެއީ އިންސާނަކު އަނެއް އިނަސާނަކަށް ކުރަން ހެޔޮވާ ވަރުގެއަނިޔާ ތަކެއް ނޫނެވެ. އޭރު އަހަރެންް ކުޑަކަމަށްވިޔަސް އެއަނިޔާ އެއީ ބަލަން ކެތްވާ ވަރުގެ އަނިޔާތަކެއް ނޫންކަން އެނގެއެވެ. ބޮޑުވަމުން އައިވަރަކަށް އެމަންޒަރު އެއީ އަހަރެންގެ މުސްތަގްބަލް އަނދިރި ކޮށްލި އަނދިރި ފޭރާމަށް ވެގެން ދިޔައެވެ.
އުމުރުން 10 އަހަރުން ފެށިގެން ބޭރަށް ނުކުނަން ފެށީ ގޭތެރޭގައި ފެންނަ މަންޒަރު ތަކަށް ކެތް ނުކުރެވިގެންނެވެ. އެއްދުވަހަކު މަގުމަތީ އުޅެނިކޮށް ފެނުނު ކުއްޖަކާއި ރަށްޓެހިކަން ބޭއްވީމެވެ. އެއީ އާއިޝް އެވެ. އާއިޝް އަހަންނަށް ވަރަށް ރަނގަޅެވެ. ދެމީހުންގެ ގުޅުން ވަރުގަދަވެ، އާއިޝް އަކީ އަހަރެންގެ ހުރިހާކަމެއްގެ އެހީތެރިއާ ކަމަށް އަހަރެން ދެކުނީމެވެ. އެއް ދުވަހަކު އަހަރެން ގޮވައިގެން އާއިޝް ދިޔައީ އޭނާ ދިރިއުޅޭ ގެއަށެވެ. އާއިޝް ދިރިއުޅޭ ގޭގައި އަހަރެން މަޑުކޮށްގެން ހުއްޓާ ނިކުތީ ބޮޑުފިރިހެނެކެވެ. "ކޮށްކޯ ކީއްތިކުރަނީ މިތާ؟" އެމީހާ ބުންޏެވެ. އަހަރެން އަހަރެންގެ ހާލަތު ކިޔައި ދިނީމެވެ. އެމީހާ ބުންޏެވެ. "އަހަރެން ކޮށްކޮއަށް އެހީވެދީފާނަން އާދޭ އަހަންނާއެއްކޮށް" އަހަރެން ދިޔައިމެވެ.
ހިޔާލެއް ވިސްނުމެއް ފިކުރެއް ނެތި އަޅާލާނެ މީހަކުނެތް، ޝިއަމް (އަސްލުނަމެއްނޫން) އެމީހާއެކު ދިޔައެވެ. އެގޭގައި ޝިއަމް އަށް މަނާ އެއްވެސް އެއްޗެއް ނެތެވެ. ޝިއަމް ހީވީ ދުނިޔޭގެ ރަސްކަން ލިބުނުހެންނެވެ. އެއްރެއަކު ޝިޔަމް އޮތީ ނިދާފައެވެ. ހޭލެވުނީ މީހެއްގެ ހޫނު އިހްސާސް ވެގެންނެވެ. އޭރު ޝަިއަމްގެ އުމުރުން 15 އަހަރެވެ. ފައިގެ އިނގިލި ތަކުން ފެށިގެން ފަލަމަސް ގަޑާއިއެކު އެމީހާގެ އަތް މުޅި ހަށިގަޑުގައި، ހިންގަމުން ދިޔައެވެ. ބޮކި ނިއްވާފައި އޮތް ކޮޓަރިތެރެއިން ވެސް ޝިއަމް އަށް އެއީ ކާކުކަން އެގުނެވެ.
ކުރާނެ ކަމެއްނެތެވެ. އެމީހާގެ ވަކިތަކުން ޝިއަމް މުޅި ހަށިގަޑު އެނުބައި ފާހިޝް އަމަލަށް ހުށައެޅުނެވެ. އޭގެފަހުން ކޮންމެރެއަކު، ޝިއަމް ވެގެން ދިޔައީ އެނުލަފާ މީހާގެ އެދުން ފުއްދަން ގެންގުޅުނު އެއްޖިންސްގެ ބައިވެރިއާ އަށެވެ. އެތަނުން ސަލާމަތްވާން ކިތަންމެހާވެސް ބޭނުންވިއެވެ. ނަމަވެސް އެމަގު ބަންދުކުރީ މިނިކާ ޖަނަވާރެއްހެން ޝިއަމް ގެ ހަށިގަޑުން އުފާ ހޯދަމުން ދާ ނުލަފާ ފިރިހެނާއެވެ. މިގޮތުގައި މިގޭގައި އޮންނާކަށް ބޭނުުމެއް ނުވިއެވެ. އެއްރޭ ސިއްރުން ބޭރަށް ޝިއަމް ނުކުތެވެ.
ދިރިއުޅުނު ގެއާ ދިމާލަށް މިސްރާބްޖެހީ މަންމަ ފެނޭތޯއެވެ. ގޭގެ ދޮރޯށިން އެތެރެއަށް ވަދެގެން ދިޔައިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކޮޓަރީގެ ދޮރުތަށް ހުރީ ތަންޑު ނައްޓާފައެވެ. އެކަކުވެސް ފެންނާކަށް ނެތެެވެ. މަންމަގެ ހަދާނުގައި މަންމަ ނިދާ އެދުގައި އިދެވުނީ ކިހާ އިރަކު ކަމެއްވެސް ޝިއަމް އަކަށް ނޭގެއެވެ. ޝިއަމް ބޭރަށް ނުކުތީ އިރުއޮއްސި ހަތެއް ޖެހިފަހުންނެވެ. އެއްވެސް މިސްރާބެއް ނެތި ޝިއަމް ބޭރަށް ނުކުތެވެ. ފަހަތުން މީހަކު ގޮވާލި އަޑުއިވުނެވެ.
"ދަރިފުޅާ ކޮންތާކު އުޅެފަ ތިއައީ" ޝިއަމްގެ ބައްޕަ ބުންޏެވެ.
"ކޮބާ މަންމަ!" ޝިއަމް ބުނެލިއެވެ.
"މަންމަ މަރުވެއްޖެ ދަރިފުޅާ!" ބައްޕަ ބުންޏެވެ.
"ދަރިފުޅާ....ކިކޭ ދަރިފުޅާއޭ.! މަންމަ މަރުވީއޭ!. ކަލޭ މަންމަ މަރާލީ، ދޮގުނަހަދާ ބުނޭ" ޝިއަމް އަށް އޭނާގެ އަމިއަލް ނަފަސް ކޮންޓްރޯލެއް ނުކުރެވުުނެވެ.
ޝިއަމް ރަހުމް ކުޑަގޮތަކަށް ބައްޕަ މަރާލިއެވެ. އަދި އެއްވެސް މީހަކަށް ނޭގޭނެ ގޮތަށް ބައްޕަަގެ މަސްގަޑު ގޯތީގައި ވަޅުލިއެވެ.
މުޖަތްމައު އަށް އަލުން އަންނަން ޝިއަމް ބޭނުމެއް ނުވިއެވެ. ވަޅިޖެހުމާއި ފޭރުން އެއީ ޝިއަމްގެ އުފަލެއް ކަމަށްވިއެވެ. އެގޮތުގައި އެއްރޭ ޝިއަމް އީނީ މީހެއްގެ ފައިސާ ދަބަސް ނެގޭނީ ކިހިނެއްތޯ ވިސްނާށެވެ. ކުއްލިއަކަށް ފޯނަށް އައީ މެސެޖެކެވެ. އެފްބީން ލިބުނީ ފްރައިންޑް ރިކްއެސްޓެކެވެ. ރީތި ރީތި މޫނުގެ ވެރި އެއަންހެންކުއްޖާ، ކުރި ރިކްއެސްޓާއެކު އަހަރެން އޭނަޔާއި ވާހަކަ ދައަކަން ބޭނުން ވިއެވެ. އެގޮތުގައި އެކުއްޖާއާއި ވާހަކަ ދައްކަމުން އަހަރެންދިޔައީ، ވަގުތުތައް އެކުއްޖާއަށް ހުސްކުރަމުންނެވެ.
ނޭގުމުގެ ތެރެއިން ދިމާވި އެކުއްޖާ އަަހަރެންނަށް އެތަކެއް ހެޔޮނަސޭހަތެއް ދިނެވެ. އޭނާ ބުނިގޮތަށް އަމަލު ކޮށްގެން، މިއަދު އަހަންނަކީ ހެޔޮލަފާ ސާލިހް މީހަކީމެވެ. އޭނާ އަހަންނާއި ބައްދަލު ކުރަން ކިތަންމެހާވެސް ބޭނުން ވެއެވެ. އަހަރެން އެކުއްޖާއާ ބައްދަލުކުރަން ބޭނުން ނުވެއެވެ. އަހަރެންގެ ހަގީގަތް އެގި އޭނާ އަހަންނާއި ބައްދަލު ކުރަން ބޭނުން ނުވާނެތީވެއެވެ.