ads
ރައީސް ސޯލިހު
އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދު، ޓެރަރިޒަމާއި ޑްރަގަށް ދުލެއް ނުކުރާނަން: ރައީސް
ދިވެހި ދައުލަތުގެ ދަށުގައިވާ އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދު ޓެރަރިޒަމާއި ޑްރަގް ނެޓްވޯކް ތަކަށް ދޫ ނުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކ ގާފަރުގައި އޮތް 41 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ ރާއްޖޭގެ ކަންޑުތައް ހިމާޔަތް ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. ރައީސް ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް ކަނޑުގެ ސަރަޙައްދު ބޮޑު ޖަޒީރާ ޤައުމެއް ކަމަށާއި، ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާއި، ކާރޫބާރޫގެ ތެރެއިން އުފެދެމުންދާ ނުރައްކާތެރި އުދަބާނި، ރާއްޖޭގެ ހުރަހަށާއި ދިގަށް އެބަ ހިނގާ ކަމަށެވެ. 

އެގޮތުން ބައިނަލްއަޤްވާމީ ބޮޑެތި ޑްރަގް ނެޓްވާކްތަކުން، އަބަދާއި އަބަދު ހަރަކާތްތެރިވަމުން އެބަދާ ކަމަށާއި، ޓެރަރިޒަމާއި އެހެނިހެން ވަގު ވިޔަފާރި އާއި، ހަތިޔާރުގެ ޣައިރު ޤާނޫނީ މުޢާމަލާތްތައް ހިންގާ ފަރާތްތައް، މި ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އަޅުގަނޑުމެންގެ ސަރަޙައްދު(ރާއްޖެ) ބެލެހެއްޓުމުގައި، އަވަށްޓެރި ޤައުމުތަކާ ގުޅުން ބަދަހިކުރުމަކީ، މި ދެންނެވި މީހުން (ޓެރަރިޒަމާއި ޑްރަގް ނެޓްވޯކްތައް)ރުހޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސަރަޙައްދު، އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭނެވަރުގެ މަދަދެއް، ރާއްޖެއަށް ލިބުމަކީ، ކުށްވެރިންނަށް ކެތްވާވަރުގެ ކަމަކަށް ނުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

އެކަން ފާހަގަ ކުރެއްވުމާއެކު ރައީސް ސޯލިހު ވިދާޅުވީ ދިވެހި ދައުލަތުގެ ދަށުގައިވާ އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދު، ޑްރަގާއި ޓެރަރިޒަމް ނެޓްވޯކްތަކުގެ ބޭނުންތަކަށް ދުލެއްނުކުރެވޭނެ ކަމަށެވެ. 

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަކީ، މަސްދޯނި ފަހަރަށްވުރެ ޑްރަގް ބޯޓްފަހަރު ގިނަވާން ދޫކޮށްލުމެއް ނޫން ކަމަށެވެ. އަދި އެކަން ނުކުރައްވާނެ ކަމަށާއި، އެކަންކުރިޔަ ނުވެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް