ads
އެމެކްސް ކާޑުން ވިޔަފާރި ކޮށްގެން 50000ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައި
އެމެކްސް ކާޑުން ވިޔަފާރިކޮށްގެން 50،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
ބީއެމްއެލް އިން އެމެރިކަން އެކްސްޕްރެސް ކާޑަށް ހާއްސަކޮށް ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަން އަކީ ބީއެމްއެލް އިން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަަމަރުން ރާއްޖޭގައި ކުރާ ވިޔަފާރި ތަކަށް ހާއްސަ ކުރެވިގެން ކުރިޔަށްދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުގެ އިތުރުން މަރޗަންޓަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ތިރީގައި މިވާ އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

  • ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯ އެއް ލިބޭނެއެވެ.  
  •  ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ މަރޗަންޓް (ގުރުއަތުން ހޮވުނު ކަސްޓަމަރު ވިޔަފާރިކުރި ފަރާތް) އަށް 25،000 ރުފިޔާ ލިބޭނެއެވެ.
  • މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ގެ ގޮތުގައި ކަސްޓަމަރާއި މަރޗަންޓަށް 50،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބިގެންދާނެއެވެ. 

މި ޕްރޮމޯޝަން ކުރިޔަށް ދާނީ 12 ޑިސެންބަރު 2021 އިން 8 ޖަނަވަރީ 2022 ގެ ނިޔަލަށެވެ. އަދި ޕްރޮމޯޝަންއާ ގުޅޭ އާންމު ޝަރުތުތައް ބޭންކުގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައިވާނެއެވެ.

300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާރޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ އެކްސްކްލޫސިވް މެންބަރު ވެސްމެއެވެ.

އިތުރު މައުލޫމާތު: www.bankofmaldives.com.mv/amex-promotions

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް