ads
އޮމިކްރޯން ވޭރިއަންޓަކީ ކަންބޮޑުވާން ޖެހޭ ވޭރިއަންޓެއް ކަމަށް ޑަބްލިއުއެޗްއޯއިން ދެކޭ
އިނގިރޭސިވިލާތަށް އޮމިކްރޯންގެ ރާޅެއް، ކޮންމެ ދުވަހަކު ދަނީ ދެގުނަވަމުން
އިނގިރޭސިވިލާތުގައި ކޮވިޑް ޖެހިގެން ފުރަތަމަމީހާ މަރުވެފައިވާކަން އިއުލާނު ކޮށްފައިވާއިރު އެގައުމުގައި ކޮވިޑް 19ގެ އޮމިކްރޯން ވޭރިއަންޓް ދަނީ ހަލުއި ކަމާއެކު ފެތުރެމުންނެވެ.

އެގައުމުގެ އޮފިޝަލުން ބުނާގޮތުން މިހާރު އެ ގައުމުގެ 4713 މީހުންނަށް އޮމިކްރޯން ވޭރިއަންޓް ޖެހިފައިވާކަން ޔަގީން ކުރެވިފައިވާއިރު، ކޮންމެ ދުވަހަކު އެގައުމުގެ 200000 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެއެވެ.

އެގައުމުގެ ހެލުތު ސެކްރެޓަރީ ސާޖިދު ޖާވިދު ވިދާޅުވީ އެގައުމުގެ ކޮވިޑް ވޭރިއަންޓް ތަކުގެ 20 އިންސައްތަ ހިއްސާ ކުރަނީ އޮމިކްރޯން ކަމަށާއި މިއަދަދު ލަންޑަންގައި 44 އިންސައްތަ އިތުރު ވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 48 ގަޑިއިރުތެރޭ ލަންޑަންގައި ކޮވިޑުގެ އެންމެ ގިނަ ވޭރިއަންޓަކަށް ވާނީ އޮމިކްރޯން ވޭރިއަންޓް ކަމަށެވެ.  

އިނގިރޭސި ވިލާތުގެ ކޮވިޑް 19ގެ އެލާޓް ލެވެލް ވަނީ އާދީއްތަ ދުވަހު މަތިކޮށްފައެވެ. އަދި މިހާރު މި އިތުރުވި، އިތުރުވުމާއެކު ބޫސްޓަ ޑޯޒު ޖެހުން އިތުރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އާދީއްތަ ދުވަހު އެގައުމުގެ ބޮޑުވަޒީޒު ބޮރިސް ޖޯންސަން އަންގަވާފައިވަނީ މިމަހުގެ ނިޔަލަށް އެގައުމުގެ ބޮޑެތި މީހުންނަށް ބޫސްޓަ ޑޯޒް ޖަހައި ނިންމުމަށެވެ. މިއީ ކުރިން ޕްލޭން ކުރެވުނު މުއްދަތަށް ވުރެ އެއްމަސް ދުވަސް އަވަސް މުއްދަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް