ads
ްބޮން ގޮއްވާލި އަދުހަމް..
އަދުހަމް މާފަށް އެދުނު، އެހެނަސް 23 އަހަރަށް ޖަލަށް
މި އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގައި އިސްކޮށް އުޅުނު އަދުހަމު އަހުމަދު ރަޝީދު 23 އަހަރަށް ޖަލަށް ލާން މިއަދު ހުކުމް ކޮށްފިއެވެ.

އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާއާއި ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުމުގެ ދައުވާއާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ދައުވާއާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.  

އެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ކޮށްފައިވާއިރު ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދުހަމް ވަނީ ކޯޓުގައި ކުށަށް އިއުތިރާފްވެފައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި އަދުހަމް ހުކުމްކުރީ އަދުހަމްގެ އަމިއްލަ އިއުތިރާފުން އެ ކުށް ސާބިތުވާ ކަމަށެވެ. އެހެން ކަމުން 23 އަހަރާއި 9 މަސް މަހާއި 6 ދުވަހަށް  އަދުހަމް ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމް އިއްވާފައެވެ.

މިއަދު ޝަރީއަތުގައި އަދުހަމް ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކުރެވުނީތީ ނަޝީދާއި އެ ހަމަލާގައި އަނިޔާ ލިބުނު އެންމެހާ ފަރާތްތަކުގެ އަރިހުން މާފަށް އެދިފައެވެ. އަދި އެ ހަމަލާ ދިނުމުގައި ބައިވެރިވެވުނީ ދީނީ ގޮތުން ގަބޫލު ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ.

އެ މައްސަލައިގައި އަދުހަމް ހައްޔަރުކޮށްފައިވަނީ މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހުޅުމާލެއިންނެވެ.

މިވީހާ ދުވަހު ތިން ފަނޑިޔާރުންގެ ބެންޗަކުން އަދުހަމްގެ ޝަރީއަރް ކުރިއަށް ގެންދިޔަ އިރު އެ ޝަރީއަތުގެ ބޮޑުބައި ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

ކެނެރީގެ ގޯޅިތެރޭގައި ނަޝީދުގެ ފުރާނަފުޅު ދުއްވާލަން އަމާޒުކޮށް ބޮން ގޮއްވި މައްސަލާގައި ދައުލަތުން ވަނީ އަދުހަމްގެ އިތުރުން އެހެން ބަޔަކަށް ވެސް ދައުވާކޮށްފައެވެ. އެހެން ނަމަވެސް އެމީހުންގެ ޝަރީއަތްވެސް ގެންދަނީ ވަކިވަކިންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް