ads
އަންކިތާ އާއި ވިކީގެ ކައިވެނީގެ ތެރެއިން
ޓީވީ އެކްޓްރެސް އަންކިތާ ކައިވެނިކޮއްފި
ހިންދީ ޑްރާމާ ސީރީސް "ޕްވިތުރަ ރިޝްތާ" އިން ބޮޑު މަޝްހޫރުކަމެއް ހޯދި ޓީވީ އެކްޓްރެސް އަންކިތާ ލޯކަންޑޭ ކައިވެނިކޮށްފި އެވެ.

އަންކިތާ އާއި ވިކީގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިހާރު ދަނީ ދައުރު ވަމުންނެވެ. މީގެ އިތުރުން އަންކިތާގެ އިންސްޓަގްރާމް އެކައުންޓުންވެސް ވަނީ ކައިވެނީގެ އެކި ހަފްލާތަކުގެ ފޮޓޯތައް ހިއްސާކޮއްފައެވެ.

އަންކިތާގެ ކައިވެނި މި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކުރެވުނު އިރު އަންކިތާ ވަނީ އޭނާގެ "ސަންގީތް" ހަފްލާގައި ފިރިމީހާ ވިކީ އަށް ހާއްސަކޮށް ނެށުމެއް ހުށަހަޅާފައެވެ. މީގެ އިތުރުން އަންކިތާ އާއި ވިކީގެ ކައިވެނީގެ ހޭޝްޓެގަކަށް ސޯޝަލް މީޑިއާގައި ބޭނުންކުރަމުން ދަނީ "އަންކިވިކީކާކަހާނީ" އެވެ.

މި ދެމަފިރިން ލޯބީގެ ގޮތުން ގުޅިފައިވަނީ މީގެ ތިން އަހަރު ކުރިން 2019 ވަނަ އަހަރު އެވެ. އަންކިތާ އާއި ވިކީ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން އަންކިތާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ބޮލީވުޑްގެ ކުރީގެ އެކްޓަރު ސުޝާންތު ސިންގް އާއެވެ. އަންކިތާ އާއި ސްޝާންތު ލޯބީގެ ގޮތުން ގުޅިގެން ހަ އަހަރު އުޅުމަށްފަހު ވަނީ ވަކިވެފައެވެ. މި ދެ ތަރިންގެ ގުޅުން ފެށިގެން އައީ ޒީޓީވީން ގެނެސްދިން ޑްރާމާ "ޕަވިތުރަ ރިޝްތާ"ގެ ޝޫޓިންގެ ތެރެއިންނެވެ. 

ޓީވީ އިންޑަސްޓްރީން ބެލުންތެރިންގެ ތެރެއިން ބޮޑު މަގްބޫލުކަމެއް ހޯދުމަށްފަހު އަންކިތާ މިހާރު އަންނަނީ ބޮލީވުޑްގެ ފިލްމުތަކުގައިވެސް މަސައްކަތް ކުރުމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް