ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި ޝަނާޔާގެ މަންމަ ވެސް މިވަތު އަންނަނީ އެ ބަލި ތަހައްމަލު ކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޝަނާޔާގެ މަންމަ މަހީޕް ކަޕޫރު ޕޮޒިޓިވްވެ އޭގެ އެއް ދުވަސް ފަހުން ޝަނާޔާ ޓެސްޓު ހެދި އިރު އެނާގެ ނަތީޖާ ވެސް އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.
މިދެމީހުން ޕޮޒިޓިވް ވެފައި ވަނީ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ގޭގައި އޮތް ރޭގަނޑުގެ ކެއުމަކަށް ދިޔަ ފަހުންނެވެ.
ޝަނާޔާ ވަނީ ކޮވިޑަށް ޕޮޒިޓިވްވިކަން އިންސްޓަގްރާމް މެދުވެެރިކޮށް އޭނާގެ ފޭނުންނަށް އަންގާފައެވެ. އޭނާގެ ހާލު ގޯސް ނޫން ކަމަށާއި ސިއްހީ މާހިރެއްގެ ލަފައާއި އިރުޝާދަށް ތަބާވެ މިވަގުތު ގޭގައި އައިސޮލޭޓްވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން ޝަނާޔާ ވަނީ އޭނާ އާއި ގާތުން ދިމާވި މީހުން ވެސް ބައްޔަށް ޓެސްޓުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދިފައެވެ.
ކަރަން ޖޯހަރްގެ ގޭގައި އޮތް ދިމާވެލުމަކަށް ދިޔަ ފަހުން ބަތަލާ ކަރީނާ ކަޕޫރާއި އަމްރިތާ އަރޯރާ ވެސް މި ފަހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
އެހެން ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި ކަރަން އަދި އެގޭ އެއްވެސް މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.