ads
ސޯޝަލް މީޑިއާ ކޮމީޑިއަން މަޓޭ
މަޓޭގެ މެސެޖް: އެފްއޭއެމަށް ފާހާނާ ބަރިއެއް ހެދެން ޖެހޭނެ
އެފްއޭއެމަށް ފާހާނާ ބަރިއެއް ހެދެން ޖެހޭނެ ކަމަށް ބުނެ، ސޯޝަލް މީޑިއާގެ މަޝްހޫރު ކޮމީޑިއަން މަޓޭ، އެފްއޭއެމަށް ހޫނު ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ.

ސޯޝަލް މީޑިއާގެ ޕްލެޓް ފޯމްތަކުގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ކޮމީޑިއަން މަޓޭއަކީ މުޖުތަމައުގެ އެކިއެކި މައްސަލަތައް، މަޖާ މޭރުމުން އެހެންނަމަވެސް ސީރިއަސް މެސެޖުތަކާއި އެކު ހޭލުންތެރިކަން އިތުރުކުރެވޭ ވީޑިއޯތައް އާއްމު ކުރަމުން އަންނަ މީހެކެވެ. 

މަޓޭގެ ވީޑިއޯގައި ދައްކާފައިވަނީ އެފްއޭއެމްގެ ޓަރފް ދަނޑުތައް ހުންނަ ސަރަހައްދުގައި ހަދާފައި ހުންނަ ފާހާނައެވެ. މަޓޭގެ މި ފަހަރުގެ ވީޑިއޯ އާއްމުކޮށްފައިވަނީ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ފަރުހާދު އިސްމާއީލްއެވެ. ފަރޭއަކީ ވޭތިވެދިޔަ ފަނަރަ ވަރަކަށް އަހަރު ރާއްޖޭގައި ޓޮޕް ޑިވިޝަންގައި، ހުރިހާ ކުލަބަކަށް ހެން ކުޅެފައިވާ ކުޅުންތެރިއެކެވެ. 

ހެސް ކިޔާފަ ލާރި ބޭރުތަންތަނުން އެބަލިބޭ. ސަރުކާރުން ދައުލަތުން ހެސްކިޔާފަ ލާރި އެބަދޭ. މިނިސްޓްރީން ހެސްކިޔާފަ ލާރި އެބަނަގާ. މުވައްޒަފުންތައް ބައިވަރުލާފަ މުޅި ދަނޑުގަ ބޮކި އަދި ޖެހިއަކަސް ކަމަކު ނުދާނެ. ބަލާ މިއޮށް ކޮށްލާފައޮތް ވަރު؟ ދެން ފާހާނާއެއް ކޮށްލަންވީމަ ހެންވޭރަށް، ހުޅުމާލެ ސެކަންޑް ފޭސްއަށް. ނުދެވޭނެ ދޯ؟

މި ފާހާނައަކީ ޓަރފް ދަނޑަށް ޕްރެކްޓިސް ކުރަން އަންނަ އެތައް ޒުވާނުންނަކާ އަދި އެކަޑަމީތަކަށް އަންނަ ތުއްތު ކުދިންވެސް ބޭނުންކުރާ ފާހާނައެވެ. އެކަމަކު މި ފާހާނައަކީ ސާފުތާރިރުކަމެ ކަންފުޅެއްވެސް ނެތް، އިންސާނުން ބޭނުން ކުރަން ހެޔޮވަރުވެސް ނުވާ ފަދަ ފާހާނާއެއްގެ ގޮތުގައިވަނީ ބެލެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް