ads
އިރާގަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވަނީ --- ފޮޓޯ | ސީއެންއެން
އިރާގަށް ކުރަމުންދާ ވިއްސާރައިގައި ސަބަބުން 12 މީހަކު މަރުވެއްޖެ
އިރާގަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން 12 މީހަކު މަރުވެ އެތައް ބަޔަކަށް ގެއްލުންތައް ލިބިފައި ވާކަމަށް އެގައުމުގެ ކަމާއިބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

އިރާގުގެ މޫސުމާއި ބެހޭ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެގައުމަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގިނަ ހިސާބުތަކެއްގައި ފެން ބޮޑުވުމުގެ ހާދިސާތައް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެހެން ކަމުން ހުރިހާ ފަރާތްތަކުން ވެސް މިކަމަށް ސަމާލުކަން ދިނުން ބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ.

އަދި މިހާތަނަށް 12 މީހަކު މަރުވެފައި ވާކަމަށާއި، އެތައް ބަޔަކު އަދިވެސް ވީނުވީއެއް ނޭނގި ގެއްލިފައި ވާއިރު، ކުރިއަށް ހުރި ދުވަސްތަކުގައި މަރުވެފައިވާ މީހުންގެ އަދަދު އިތުރުވެގެން ހިނގައިދާނެ ކަމަށްވެސް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުތަކާއި އަޅާ ބަލާއިރު، އެގައުމަށް މިއަހަރު ނިސްބަތުން މަދުން ވާރޭ ވެހުނު ނަމަވެސް، މި މަހުގެ ފަހުކޮޅު އަދި އަންނަ ޖަނަވަރީ މަހުގެ ގިނަ އަދަދަކަށް ވިއްސާރަ ކުރާނެ ކަމަށްވެސް އެއިދާރާއިން ވަނީ ހާމަކޮށްފައެވެ.

އިރާގަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ލިބިފައި ވާއިރު، އެތައް ސަތޭކަ ބަޔަކު ހާލުގައި ޖެހިދާނެ ކަމުގެ ބިރު އޮތުމުން އެގައުމުން ވަނީ، ދުނިޔޭގެ ގައުމުތަކުގެ އެހީތެރިކަމަށް އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް