ads
ޕިއްޕާ އަންނަ އަހަރު ރިލީޒްކުރަނީ…
އިޝާންގެ "ޕިއްޕާ" އަންނަ އަހަރު ސިނަމާތަކަށް ގެންނަނީ
ބޮލީވުޑްގައި އަރަމުން އަންނަ އެކްޓަރު އިޝާން ހައްތަރު ގެ ކުރިއަށް އޮތް ފިލްމު “ޕިއްޕާ” އަންނަ އަހަރު ސިނަމާތަކަށް ގެންނާނެ ކަން އިއުލާނުކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ޝާހިދު ކަޕޫރުގެ ކޮއްކޮ ލީޑު ރޯލު ކުޅޭ އެ ފިލްމުގެ ފަސްޓު ލުކްވެސް މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.

ފިލްމުގެ ޝޫޓިންގެ މަސައްކަތް މިހާރުވެސް އަންނަނީ ބާރު ސްޕީޑުގައި ކުރަމުންނެވެ. "ޕިއްޕާ" ގެ މަންޒަރުތައް ނަގަނީ މުމްބާއީ، އަމްރިތުސާ، ވެސްޓް ބެންގާލް އަދި އަހުމަދުނަގަރް ގައި ކަން ފާހަގަކޮށްލެވެއެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ “ޕިއްޕާ” ގައި އިޝާން އާއެކު ދެން ފެނިގެންދާނީ މުރްނާލް ތާކުރް އެވެ. މުރްނާލް އަކީ ފިލްމު “ޖާޒީ” ގެ ވެސް ބަތަލާ އެވެ.

“ޕިއްޕާ" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގައި އަސްކަރިއްޔާގެ 45 ވަނަ ކަވަލްރީ ޓޭންކް ސްކޮޑްރަންގައި މަސައްކަތްކުރި ބްރިގޭޑިއާ ބަލްރާމް ސިންގް މެހެތާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ހަނގުރާމަ ފިލްމެކެވެ. 

އެ ފިލްމު ޑައިރެކްޓް ކުރަނީ 2016 ވަނަ އަހަރު އަކްޝޭ ކުމާރު ލީޑަށް ލައިގެން ނެރުނު ފިލްމު “އެއާލިފްޓް” ގެނެސްދިން ރާޖާ ކްރިޝްނާ މެނަން އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް