ads
ތާލިބާނުގައި ހާލުގައި ޖެހިފައިވާ ކުދިންނަށް އެހީތެރިވަނީ
8 ލައްކަ އަށްވުރެ ގިނަ އަފްގާނިސްތާނުގެ ކުޑަކުދިން ހާލުގައި ޖެހިދާނެ
ކޮވިޑް 19 ގެ ސަބަބުން އަފްގާނިސްތާނުގެ 8 ލައްކަ އަށްވުރެ ގިނަ ކުޑަކުދިން ހާލުގައި ޖެހިދާނެ ކަމުގެ ބިރު ހީވެފައި ވާކަމަށް އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

އަފްގާނިސްތާނުގެ ޑިސާސްޓަ އެމެޖެންސީ ކޮމިޓީއިން ބުނެފައިވަނީ، ކޯވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން މިހާރުވެސް އެތައް ލައްކަ ކުޑަކުދިންނެއް ހާލުގައި ޖެހިފައި ވާކަމަށާއި، މިހާލަތުގައި އޮއްވާ މިހާރު ކުރިމަތި ވެފައިވާ ފިނި މޫސުމާއި ގުޅިގެން އިތުރު ކުދިންތަކެއް ހާލުގައި ޖެހި، ކުދިން މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. 

އަދި މިހާލަތުގައި ކުދިންނަށް ބޭނުންވާ އަސާސީ ތަކެތި ހުސްވުމާއި ގާތަށް ގޮސްފައި ވާކަމަށާއި، މިތަކެ ހޯދުމަށް ބޭރު ދުނިޔޭގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އަފްގާނިސްތާނުގެ ވެރިކަމާއި ތާލިބާނުން ހަވާލުވި ފަހުން އެގައުމަށް ދުނިޔޭގެ ގައުމު ތަކުން ދެމުންއައި އެހީތަކާއި، އެއްބާރުލުން ވަނީ މެދުކަނޑާލާފައެވެ. މިކަމުގެ ސަބަބުން އެގައުމަށް ވަނީ އިގްތިސާދީ ގޮތުންވެސް ހީނަރު ކަމާއި ކުރިމަތި ލާޏްޖެހިފައެވެ.

މިކަމާއި ގުޅިގެން ތާލިބާނުން ބުނީ، ފިނި މޫސުމާއި ދިމާކޮށް ކުދިން ހާލުގައި ޖެހުމުގެ ފުރުސަތު އޮތް ނަމަވެސް އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ކުުރުމަށް ބޭރު ގައުމު ތަކުގެ އެހީތެރިކަން ބޭނުން ނުވާކަމަށްވެސް ތާލިބާނުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް