ads
އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ރައީސް، ދީމާއަށް ތައުރީފު ކުރައްވައިފި

އަމިއްލަ ދަތުރެއްގައި ރާއްޖޭގައި މި ވަގުތު ހުންނެވި، ބައިނަލް އަގްވާމީ ޓޭބަލް ޓެނިސް ފެޑޭރޭޝަން- އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) ގެ ރައީސް ތޯމަސް ވައިކަޓް، ޒުވާން ދިވެހި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ޓީޓީ ފާތިމަތު ދީމާ އަލީ އަށް ތައުރީފު ކުރައްވާ ހިއްވަރު ދެއްވައިފިއެވެ. 

ތޯމަސް ވައިކަޓް، ދީމާއަށް ހިއްވަރު ދެއްވާފައިވަނީ ދިވެހި މީޑިއާތަކަށް ފޮނުއްވި ވީޑިއޯ ކްލިޕެއްގައެވެ.

ދީމާއަށް ހިއްވަރު ދެއްވާ، ވައިކަޓް ވިދާޅުވީ، ރާއްޖޭގައި ވަރަށް ފެންވަރު ރަނގަޅު ކުޅުންތެރިޔެއް އެބަހުރި ކަމަށެވެ. އަދި ބައިނަލް އަގްވާމީ ޓޭބަލް ޓެނިސް ފެޑެރޭޝަނުން ކުރިއަށް ގެންދާ، ވޯލްޑް ހޯޕްސް ޕްރޮގްރާމްގައި ދީމާ ބައިވެރިވެފައިވާކަންވެސް ވައިކަޓްވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި މި ވަގުތު ހުރި އެންމެ އުއްމީދީ އެއް އެތްލީޓްކަމަށްވާ، ދީމާ، ވޯލްޑް ހޯޕްސް މުބާރާތުން ފުރުސަތު ހޯދީ 2019 ވަނަ އަހަރު ތައިލެންޑުގައި އޮތް އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދީގެންނެވެ.

އޭނާ އޭޝިއާ މުބާރާތަށް ކޮލިފައިވީ ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ދީމާވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި ސައުތު އޭޝިއަން ގޭމްސްގައިވެސް ރާއްޖެއަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިދީފައެވެ.

50%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް