ads
މޯލްޑިވްސް މީޑިއާ ކައުންސިލް-- ފޮޓޯ: އެމްއެމްސީ
އެމްއެމްސީން ދިވެހި ބަހުގެ ވޯކްޝޮޕެއް ބާއްވަނީ
މޯލްޑިވްސް މީޑިއާކައުންސިލް (އެމްއެމްސި) އާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން ދިވެހި ބަހުގެ ހާއްސަ ވޯރކްޝޮޕެއް ފެށުމަށް ނިންމައިފިއެވެ

އެމްއެމްސީން ބުނީ ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށް ފަސް ދުވަހުގެ މުއްދަތައް ހިންގާ މި ވޯރކްޝޮޕް ފަށާނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށެ.

މި ވޯރކްޝޮޕްއަކީ ރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ޝައުގުހުރި ފަރާތްތަކަށް ދިވެހިބަހުގެ ހަމަތަކާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް މުއާމަލާތުކޮށް ލިޔަން ދަސްކޮށްދިނުމަށް ހިންގާ ވޯރކްޝޮޕެއް ކަމަށް އެމްއެމްސީން ބުނެއެވެ.  

މި ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުރިހާ މީސްމީޑިއާ ޕްލެޓްފޯމް ތަކެއްގައި އިއުލާނުކޮށް ހުޅުވާލާފައެވެ.

ވޯކްޝޮޕްގައި އޮންލައިންކޮށް އަދި ކުލާހަށް ގޮސް ގެން ބައިވެރި ވެވޭނެއެވެ. ވޯކްޝޮޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމުގެ ލިންކު ކައުންސިލްގެ ސޯޝަލް މީޑިއާގައި ވަނީ އާންމު ކުރެވިފައެވެ.

މި ވޯކްޝޮޕްގެ މަގުސަދަކީ ނޫސްވެރިން ލިޔާ ލިޔުން ތަކަކީ ދިވެހި ބަހުގެ އިލްމީ ހަމަތަކުގެ މަތީން ލިޔެ ޝާއިއު ކުރާ ލިޔުންތަކަކަށް ހެދުމާ،  ދިވެހި ބަހުގެ ކުށުގެ ވެށިން ނޫސްވެރިކަން ސަލާމަތްކުރުމާ، އަދި އަދަބު އިހުތިރާމާއިއެކު ނޫސްވެރިންނަށް މުއާމަލާތްކުރަން ދަސްކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް