ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރާއްޖެއަށް ޒިޔާރަތް ކުރި ބައެއް ފަތުރުވެރިން
ސައުދީ އިން ރާއްޖެއަށް މީހުން ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފި
ރާއްޖެ ހިމެނޭހެން ޖުމްލަ 72 ގައުމަކަށް ސައުދީ ރައްޔިތުން ދަތުރު ނުކުރުމަށް އެގައުމުން އަންގައިފިއެވެ.
Advertisement

މިގޮތަށް ސައުދީ ސަރުކާރުން އަންގާފައި މިވަނީ، ކޯވިޑް 19 ގެ ސަބަބުން އެގައުމުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަ ގުޅިގެންނެވެ. ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫން ނަމަ މި 72 ގައުމަށް ސައުދީ ރައްޔިތުން ދަތުރުނުކުރުމަށާއި، މި 72 ގައުމުގައި އަނެއްކާވެސް ކޯވިޑްގެ ބަލިމަޑުކަން އިތުރުވާން ފަށާފައިވާކަމަށް ވެސް ސައުދީގެ ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ. 

ސައުދީ ސަރުކާރުން މިފަދައިން ނިންމާފައި މިވަނީ، ރާއްޖެއިން ކޮވިޑް 19ގެ އާ ވޭރިއަންޓް އޮމިކްރޮންވެސް ފެނިފައި ވަނިކޮށެވެ. 

އޮމިކްރޮން ވޭރިއަންޓު ރާއްޖެއިން ފެނުމާއި ގުޅިގެން އެމެރިކާއިންވެސް ވަނީ މީގެ ކުރިން ރާއްޖެއަށް އެގައުމުން މީހުން ދަތުރު ކުރުން މަނާކޮށްފައެވެ. 

މިފަދަ ނިންމުމެއް ސައުދީއިން ނިންމާފައި މިވަނީ، ފަހަކަށް އައިސް އެގައުމުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވާން ފަށާފައި ވަނިކޮށެވެ. 

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް