ads
ފަރެސްމާތޮޑާ އެއާޕޯޓް ރަންވޭ
ހަ ރަށެއްގައި އެއާޕޯޓު އަޅާނެ ބަޔަކު ހޯދަނީ، ޖުމަލަ އަންދާސީ އަގު 133.9 މިލިޔަން ޑޮލަރު
ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓު ތަރައްގީ ކުރުމަށް ، ޕްލޭނިން މިނިސްޓްރީން ބިޑަށް ހުޅުވާލައިފިއެވެ.

ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޭ ގޮތަށް ޑޮމެސްޓިކް އެއަރޕޯޓްތައް ތަރައްޤީކުރުމަށް ނުވަތަ ތަރައްޤީ ކުރުމަށް ފައިނޭންސް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް އެ މިނިސްޓްރީން ވަނީ އާންމުކޮށް ހުޅުވާލީ މިއަދުއެވެ. 

މި މޮޑެލްގެ ދަށުން 6 ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީ ކުރަން ހަމަޖެހިފައިވެއެވެ.  

އެއީ 1. ދ. މަކުނުދޫ އަށް ހަރަދުވާނެ ކަމަށް އާންދާޒާ ކުރެވޭ އަދަދަކީ 23،300،00 އެމެރިކާ ޑޮލަރެވެ. 2. ށ. ބިލެތްފަހި ، މި އެއާޕޯޓަށް ހަރަދުވާނެ ކަމަށް އަންފދާޒާ ކުރާ އދަދަކީ 23،600،000އެމެރިކާ ޑޮލަރެވެ.  3. ބ. ތުޅާދޫ އަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރާ އަދަދަކީ  21,900,000އެމެރިކާ ޑޮލަރެވެ.  4.  .ތ. ވިލުފުއްޓަށް ހަދަދުވާނެ ކަމަށް އަންދާޒާ ކުރާ އަދަދަކީ  33،300،00 އެމެރިކާ ޑޮލަރެވެ. 5.  ފ. މަގޫދޫ އަށް ހަރަދޔުވާނެ ކަމަށް ލަފާ ކުރާ އަދަދަކީ 8،200،000 އެމެރިކާ ޑޮލަރެވެ. އަދި  .ރ. އަތޮޅު ދެކުނުބިތުގައި (ރަށް އަދި ކަނޑައެޅިފައެއް ނުވޭ ) ހަރަދުވާނެ ކަމަށް ލަފާ ކުރާ އަދަދަކީ  23،600،000 އެމެރިކާ ޑޮލަރެވެ. 

މިނިސްޓްރީން ބުނިގޮތުގައި ކޮންމެ އެއަރޕޯޓަކީ ވަކި މަޝްރޫޢެކެވެ. ޝައުޤުވެރިކަން ފާޅުކުރުމުގައި، ތަރައްޤީ ކުރަނީ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއާޕޯޓު މަޝްރޫޢަކަށް ކަން ބަޔާންކުރަންވާނެއެވެ. އަދި ޝައުޤުވެރިކަށް ފާޅުކުރުމުގައި، ހަމައެކަނި ފައިނޭންސް ކުރާނަމަ، އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިޔަން (USD 5,000,000) އެމެރިކާ ޑޮލަރެވެ.

އިތުރަށް އެ މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ޝައުޤުވެރިކަށް ފާޅުކުރުމުގައި، މުޅި އެއަރޕޯޓް ތަރައްޤީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ވެސް ހުށަހެޅިދާނެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ  އެއަރޕޯޓް ތަރައްޤީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓުގެ އަދަދު، އެ މަޝްރޫޢެއްގެ މުޤާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓާއި، އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައިކަނޑައި ދެވޭނެ ކަމަށެވެ.

މި މޮޑެލްގެ ދަށުން، ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު (އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ) ގެ ދަށުން، ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. އީމެއިލުން ނަމަ ފޮނުވާނީ، [email protected] އަށެވެ. ޝައުޤުވެރިކަން ފާޅުކޮށް ހުށަހެޅުމުގައި، އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަންވާނެ ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް