ads
ސުނީ އުފައްދާ ބައެއް އުފެއްދުންތަކާއެކު މަސް ކަނޑާ ވީޑިއޯގެ ސްކްރީންޝޮޓެއް…
ސުނީތާ މަސްކަނޑަން ފަރިތަކަމުން އާންމުންނަށް ހައިރާންކަން!
ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) މަސް ކަނޑެމުގެ ހުނަރު ދައްކާލުމުން ގިނަ ބަޔަކު ހައިރާން ވެއްޖެއެވެ.

މި ދުވަސްވަރު ގުރައިދޫގައި ޗުއްޓީ ހޭދަކުރަމުންދާ ސުނީ އަންނަނީ ރަށުގެ އާދަކާދަތައް އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނަށް ހިއްސާކުރަމުންނެވެ.

ހޭޝް ޓެގް އެއްގައި އައިލެންޑް ލައިފް ޖެހުމަށްފަހު ސުނީ ވަނީ ހެޔޮވަރުގެ ކަނޑު މަހެއް ކަނޑަމުން ދިޔަ ވީޑިއޯއެއް ހިއްސާކޮށްފައެވެ. ފަރިތަމަ ކަމާއެކު  މަހުގެ ކަރު ނަގައި ހަންދަމައި އަދި ފެންވަރުގައި މަސް ކޮށާފައިވާ ވީޑިއޯ ކްލިޕްތައްވެސް ހިއްސާކޮށްފައި ވެއެވެ.

your imageސުނީ މަސްކަނޑަނީ.. ފޮޓޯ/ އިންސްޓަގްރާމް

ސުނީގެ އެ ޕޯސްޓަށް ގިނަ ބަޔަކު އަންނަނީ ކޮމެންޓު ކުރަމުންނެވެ. އަދި މަސްކަނޑަން ފަރިތަކަމަށް ބުނެ ސުނީ އަކީ ކޮންމެ ކަމަކަށް ގަދަ މީހެއް ކަމަށް ބުނެ، ފޭނުން އަންނަނީ ހިތްވަރު ދެމުންނެވެ.

ސުނީގެ މި ހުނަރުން ގިނަ ބަޔަކު ހައިރާންކޮށްލިއިރު ސުނީ އަންނަނީ ނެށުމުގެ އިތުރުން ވަރަށް ގިނަ ހުނަރު ދައްކަމުންނެވެ. މިހާރުވެސް އޭނާ އަންނަނީ ސުނީ ސްޕެޝަލް ޕްރޮޑަކްޓްސްގެ ދަށުން އަމިއްލަ ގިނަ އުފެއްދުންތަކެއް އުފައްދައި ވިއްކަމުންނެވެ. 

އަބަދުވެސް އުފަން ރަށަށާއި އާއިލާ އާ ގާތްގުޅުމެއް ބާއްވާ މި ފަންނާނު ރަށަށް ދިޔުމާއެކު ގިނައިން ފެންނާނީ އަބަދުވެސް އާއިލާ އާއެކު ކޮންމެވެސް މަސައްކަތެއްގައި ޝާމިލުވާ މަންޒަރެވެ. އޭނާ އަބަދުވެސް ރަށްފުށުގައި ކުރާ މަސައްކަތްތައް ފޭނުންނަށް ހިއްސާކުރާނެ އެވެ.

ގުރައިދޫއަށް ދިޔުމުން ސުނީއަށް ވަނީ، މިފަހުން އޭނާ އަށް ލިބުނު އޭޝިއާ އައުޓްސްޓޭންޑިން ވުމެން އެޗީވްމަންޓު އެވޯޑުގެ އުފާ ފާޅުކޮށް ކުޑަ ގޮތަކަށް އެކަން ފާހަގަވެސް ކޮށްފައެވެ.

73%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް